Live 355,219 stories Updated Feb 3, 2026
Browse topics All stories

Latest stories

Live feed

އެޕްސްޓީން ފައިލްސް: އަޖައިބުވެ އަންތަރީސް ކުރުވަނިވި އެތައް ވާހަކައެއް

ޖެފްރީ އެޕްސްޓީންގެ މައްސަލައަކީ ފަހުގެ ތާރީޚެއްގައި ބައިނަލްއަގުވާމީ މައިދާނުގައި ފެންމަތިވި އެންމެ ބޮޑު އެއް މައްސަލައެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި "އެޕްސްޓީން ފައިލްސް" އާއި އޭނާގެ އީމެއިލް މުއާމަލާތްތަކުގެ ތެރެއިން، ދުނިޔޭގެ ނުފޫޒުގަދަ އެތައް ފަރާތްތަކެއްގެ ސިއްރު ގުޅުންތައް…

އިންތިހާބުގެ ހުރިހާ ކަމެއް އޮންލައިކޮށް ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމާއި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމާއި ފައިސާ ދެއްކުން ހިމެނޭ ގޮތުން ހުރިހާ ކަމެއް އޮންލައިންކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައިޕޯޓަލް މެދުވެރިކޮށް ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެ ޕީއެންއެފުގެ ފަރާތުން ހައި ކޯޓ…

މޯދީގެ ކޯލަކަށް ފަހު ޑީލެއް؛ ޓްރަމްޕު ވިދާޅުވަނީ ދެން އިންޑިއާއިން ރަޝިޔާގެ ތެޔޮ ނުގަންނާނެކަމަށް

އިންޑިއާއާ އެކު ވިޔަފާރީގެ "ޑީލެއް ހަދައިފިން" ކަމަށާއި އެ ގައުމުގެ ބޮޑުވަޒީރު ވަނީ ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލަން އެއްބަސްވެ ވަޑައިގެންފައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ތަރައްޤީއާއި ކުރިއެރުމަށް، ރައްޔިތުންގެ އިތުބާރު މުހިއްމު: ނައިބު ރައީސް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވާއިރު، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ވަރަށް މުހިއްމުކަމަށް ނައިބު ރައީސް އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކޭޕާކް އެޕާޓްމެންޓެއް ހަވާލުކުރަން އަންގައި، ބަދަލު ދޭން ހުކުމްކޮށްފި

ކޭޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގައި ހިންގާފައިވާ ބޮޑު އޮޅުވާލުމުގެ މައްސަލައިގައި، ފްލެޓް ގަތް މީހަކަށް މި މަހުގެ ނިޔަލަށް ފްލެޓް ހަވާލުކުރުމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދެއްކުމަށް ސިވިލް ކޯޓުން ހަންބޯ ކުންފުނީގެ މައްޗަށް އިއްޔެ ހުކުމްކޮށްފިއެވެ.

ޣައްޒާގެ ރަފަޙް ހުރަސް: ބަންދުވެފައިވާ ސަހަރުގެ ހަމައެކަނި ދޮރޯށި

ޣައްޒާގެ ރަފަޙް ހުރަހަކީ އެ ސަހަރާއި އަވަށްޓެރި މިޞްރާ ގުޅުވައިދޭ ހަމައެކަނި ހުރަހެވެ. ޔަހޫދީން އެ ހުރަސް ބަންދުކުރީ ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިތާ ކުރީކޮޅު، 2024ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ގާތްގަނޑަކަށް ދެ އަހަރު ދުވަހަށް ފަހު ޔަހޫދީން ވަނީ ފެބްރުއަރީ މަހުގެ 1ވަނަ ދުވ…

Loading fresh headlines…