ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބަށް ޝަރުތު ހަމަވީ 2،993 މީހުން
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ހަވީރަށް ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުންގެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ ބުނެފި އެވެ.