ރާއްޖޭގައި އެންމެ ފުރިހަމަ ކަސްޓަމާ ސާވިސް ދޭ ތަނަކަށް މި އަހަރު ބީއެމްއެލް ހަދަނީ!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ރާއްޖޭގައި އެންމެ ފުރިހަމަ އަށް ކަސްޓަމަރުންނަށް ހިދުމަތް ދޭ ބޭންކަކަށް ހެދުމަށް މި އަހަރު އަމާޒު ކަނޑައަޅާފައިވާ ކަމަށާއި އެ މަގަށް މަސައްކަތް ފަށާފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.