ފީފާ އިން ރާއްޖެ ހިމެނޭހެން ކޮންމެ ގައުމަކަށް 25 މިލިއަން ޑޮލަރު ދެނީ؟!
ފީފާއިން މެންބަރު ގައުމުތަކަށް ދިނުމަށް ހުށަހަޅާފައިވާ 6.35 ބިލިއަން ޑޮލަރުގެ ފަންޑު ފާސްވެއްޖެނަމަ، ރާއްޖެ ހިމެނޭހެން ކޮންމެ މެންބަރު ގައުމަކަށް ހަތަރު އަހަރުގެ ތެރޭގައި 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ލަފާކުރެވިއްޖެ އެވެ.