Live 359,405 stories Updated Oct 12, 2026
Browse topics All stories

Latest stories

Live feed

ފަރާގެ ކައްކާ ދިލީޕަކީ "މަކަރުވެރިއެއް" ކަމަށް ބުނުމުން ރައްދު ދީފި

ބޮލީވުޑްގެ ޑައިރެކްޓަރު އަދި ކޯރިއޯގްރާފަރު ފަރާ ޚާންގެ ޔޫޓިއުބް ވޮލޯގްތަކުން އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އޭނާގެ ކައްކާ ދިލީޕް މުކިޔާއަކީ "އޯވަރޭޓެޑް" އަދި "މަކަރުވެރިއެއް" ކަމަށް ކޮމީޑިއަން ސައިރަސް ބްރޯޗާ ބުނުމުން ފަރާ އޭނާއަށް ސަމާސާ ރައްދެއް ދީފި އެވެ.

އެންފީލްޑުން "މަކަރުވެރިންނޭ" ގޮވިޔަސް ސިޓީ ނުސިހުނު

އެންފީލްޑްގައި ލިވަޕޫލްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތި ކުރި ފާޑުކިޔުމާއި "މަކަރުވެރިން" ކަމަށް ބުނެ ގޮއްވި އަޑުގޭތަކާއި ނުރުހުންތަކަށް ގޮންޖަހައި، 3-0 އިން ލިވަޕޫލް ބަލިކޮށް ސިޓީން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

ނާނާ ޕާޓޭކަރުގެ މަރާ ގުޅިގެން ތަނުޝްރީ ދެއްކި ވާހަކަތަކާ ގުޅިގެން ބޮޑު މައްސަލައެއް އުފެދިއްޖެ

ބޮލީވުޑްގެ އެކްޓަރު ނާނާ ޕާޓޭކަރު މަރުވުމުން ކުރީގެ އެކްޓްރެސް ތަނުޝްރީ ދައްތާ ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ހުރެ އިންޑިއާގެ ފަންނާނުންނާއި ސަޕޯޓަރުން ނުރުހި، އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޔާމީން އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ގައްދާރުވާން: އަބްދުއްރަހީމް

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދުދެއްވާ، ވެރިކަމުގެ ދަހިވެތިކަމުގައި ޔާމީން އުޅުއްވަނީ ގައުމަށް ގައްދާރުވާން ކަމަށް ތުހުމަތުކުރައްވައިފިއެވެ.

އެންމެ އަމަލު ނުކުރެވޭ ގާނޫނަކީ ބޭރުމީހުންނާ ބެހޭ ގާނޫނު: ޒިޔާދު

ރާއްޖޭގައި އެންމެ ބޮޑަށް އެ ގާނޫނަކާ އެއްގޮތަށް އަމަލުނުކުރެވޭ ގާނޫނަކީ ބޭރުމީހުންނާ ބެހޭ ގާނޫނު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އެހެން ބަޔަކާ ހަވާލުކޮށްގެން ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށަނީ

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ތުހުމަތުވާ މީހާ މަރުވުން ފަދަ ހާއްސަ ހާލަތްތަކުގައި ހައި ކޯޓް މެދުވެރިކޮށް: ފަޒާދު

ކުށް ކޮށްގެން ހޯދާ މުދާ ނެގުމާ ގުޅޭ ބެހޭ ބިލްގައި ހުށަހަޅާފައި ވާނީ ކުށުގެ ތުހުމަތުވާ މީހާގެ ޝަރީއަތް ނުނިމެނީސް މަރުވުން ނުވަތަ ޝަރީއަތަށް ހާޒިރު ނުވެ، ފިލައިގެން އުޅޭ ހާލަތް ފަދަ ހާއްސަ ހާލަތްތަކުގައި މުދާ ނެގޭ ގޮތަށް ކަމަށް އެ ބިލް ހުށަހެޅުއްވި މެންބަރު އަލީ ފަޒާދު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…