އެކްސިޑެންޓްތަކުގެ ތަހުގީގުތައް ޒަމާނީކޮށް ހަރުދަނާކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފި
މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް މަތިކުރުމުގެ ގޮތުން "ސްމާޓް ޑްރޯ" ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއަރ ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.