Live 359,408 stories Updated Oct 7, 2026
Browse topics All stories

Latest stories

Live feed

50 ޕަސެންޓް މީހުން ފްލެޓަށް ކުލި ނުދައްކާ: ޒުހައިރު

ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 50 ޕަސެންޓް ފްލެޓަށް ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.

ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު

މިސަރުކާރުން ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ދެ ދިވެހިން ހައްޔަރުކޮށްފި

ސްޓެއިންލެސް ސްޓީލް ފެންބޯ ތަށިތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ކްރިސްޓަލް މެތާއި، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ކެނަބިސް ބަޑްސްތަކަކާއެކު ދިވެހި ދެ ފިރިހެނަކު ތައިލެންޑުގެ ބެންގކޮކުން ހައްޔަރުކޮށްފި އެވެ.

ފްލައިދުބާއީން ތަހުގީގު ނިންމައި ބައެއް މުވައްޒަފުން ވަކިކޮށްފި: ރިޕޯޓް

ދުބާއީން އިޒްރޭލަށް ދިޔަ ފްލައިދުބާއީގެ ފްލައިޓް FZ1073 ގެ ކޮކްޕިޓް ތެރޭގައި ކޯޕައިލެޓް، ޕައިލެޓަށް ހަމަލާދީ ފްލައިޓް ހައިޖެކްކުރަން އުޅުނު މައްސަލާގައި އެ އެއާލައިނުން ހިންގި އަމިއްލަ ތަހުގީގު ނިންމައި ބައެއް މުވައްޒަފުން ވަކިކުރަން ނިންމާފައިވާ ކަމަށް އިޒްރޭލުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ…

ލޭއަޅާ ކުދިންނަށް ބޭނުންވާ ޑެސްފެރޮލް ފާމަސީތަކުން ނުލިބޭކަމުގެ ކަންބޮޑުވުން، ނަމަވެސް ސްޓޭޓް ފާމާއިން ބުނަނީ ބޭސް ލިބެން ހުންނާނެކަމަށް!

ލޭއަޅާ ކުދިންނަށް ބޭނުންވާ ބޭހެއް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ފާމަސީތަކުން ނުލިބޭ ކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކޮށްފައި ވަނިކޮށް އެ ބޭސް ލިބެން ހުންނާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެފި އެވެ.

ދައުލަތުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީ އިތުރުވުން

ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުން ކަމަށް މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

"ރަސްމާލެ ހިއްކަން އެހެން ގޮތެއް ހޯދަން މަޖުބޫރުކުރީ 19ވަނަ މަޖިލީހުން"

ރަސްމާލެ މަޝްރޫއު ހިއްކަން ބަޖެޓުގައި ހިމެނި ނަމަވެސް އެ ބަޖެޓު ފާސްނުކޮށް އެފަޅު ހިއްކުމަށް އެހެން ގޮތެއް ހޯދަން މަޖުބޫރުކުރީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19ވަނަ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިގު ވިދާޅުވެއްޖެއެވެ. ޠޯރިގު މިހެން ވިދާޅުވީ، ކުށްކޮށްގެން…

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް: އަބްދުއްރަހީމް

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުއްވެއްޖެ އެވެ.

Loading fresh headlines…