ނުނިމިހުރި މައްސަލަތައް އަވަހަށް ނިންމުމަށް އާ ފަނޑިޔާރުން ބޮޑު އެހީއަކަށްވާނެ: ޙުސްނީ
މިހާރު ނުނިމި ހުރި 3,218 މައްސަލަ އަވަހަށް ނިންމުމަށް އާ ފަނޑިޔާރުންގެ ސަބަބުން ބޮޑު އެހީއަކަށްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެ އެވެ.