Live 359,411 stories Updated Oct 4, 2026
Browse topics All stories

Latest stories

Live feed

ޓޫރިޒަމް ދާއިރާއަކީ އެތައް ބަޔެއްގެ އުންމީދުތަކާއި ގުޅިފައިވާ ދާއިރާއެއް: ޔާސިރު

ޓޫރިޒަމް ދާއިރާއަކީ އެތައް ބަޔެއްގެ އުންމީދުތަކާއި ގުޅިފައިވާ ދާއިރާއެއް ކަމަށް ވިސިޓްމޯލްޑިވްސްގެ ޗީފް އެކްޒެކެޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޔާސިރު ވިދާޅުވެއްޖެއެވެ.

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

އެމަނިކުފާނުގެ ވެރިކަމެއް ގާއިމުވެއްޖެނަމަ، ދިވެހިރާއްޖޭގެ މައި އިގުތިސާދީ ސިނާއަތްތަކަށާއި ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ގެނެސްދެއްވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ގެސްޓްހައުސް ސިމްޕޯސިއަމް މިފަހަރު ތަފާތުވާނެ: އެމްއައިބީ

އެމްއައިބީން އިސް ނަގައިގެން ނެޝަނަލް ގެސްޓްހައުސް އަދި ހޮޓެލް އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު ބާއްވާ 'ގެސްޓްހައުސް ސިންޕޯސިއަމް'ގެ މިއަހަރުގެ އެޑިޝަން ކުރިއަށް ދާނީ ކުރީ އަހަރުތަކާ ތަފާތުކޮށް ކަމަށް އެ ބޭންކުން ބުނެފި އެވެ.

"އަހާ"ގެ 8ވަނަ ފޯރަމް މިރޭ

އަހާ ފޯރަމްގެ 8ވަނަ ފޯރަމް މިރޭ އޮންނާނެއެވެ. އަހާ ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ ފޯރަމެކެވެ. މި ފޯރަމްގެ މަޤުޞަދަކީ ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ މަސައްކަތްތައް ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށް ގެނެސްދިނުމެވެ. …

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

ފަލަސްތީނުގެ މައްސަލަ ފެށިގެން އައީ ޒަޔަނިސްޓުންނަށް ބިންތަކެއް ދާއިމަށް ދީގެން ކަމަށާ، ޣައިރު މުސްލިމުންނަށް ރާއްޖޭގެ ބިންތައް އެފަދަ ގޮތަކަށް ދާއިމަށް ދީފިނަމަ އެއީ ނުރައްކާތެރި ކަމެއް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ގެސްޓް ހައުސް ޗެމްޕިއަން އެވޯޑް ލިބޭ ރަށަކަށް އެމްއައިބީން ބައި މިލިއަން ރުފިޔާ

އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމްގައި، ގެސްޓް ހައުސް ޗެމްޕިއަންކަމަށް ހޮވޭ ރަށަކަށް 500،000ރ. ގެ އަގުހުރި ޕްރޮޖެކްޓެއް ހިންގުމުގެ ފުރުސަތު ދިނުމަށް އެ ބޭންކުން ނިންމައިފި އެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްޢޫން ޙަމީދު އައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ހ. މީނާޒް، ޝަމްޢޫން ޙަމީދު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ. ޝަމްޢޫން ޙަމީދު މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮ…

2024 ވަނަ އަހަރު މާޅޮހު ކައުންސިލުން ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައި ނުވާތީ އެކަން ކުރުމަށް އޮޑިޓް އޮފީހުން އަންގައިފި

އއ. މާޅޮހު ކައުންސިލުން 2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބިމުގެ ދަފްތަރެއް އެކުލަވާލައި ޝާއިއުކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

Loading fresh headlines…