ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުންގެ ވަނަވަރު އާންމުކޮށް، ޖިނާއީ ތަހުގީގު ހިންގަނީ
އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ މީހުންގެ ވަނަވަރު އާންމުކޮށް، އެ މީހުންނާ މެދު އިތުރު އިންޒާރަކާ ނުލައި، ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.