Live 351,322 stories Updated Aug 11, 2026
Browse topics All stories

Latest stories

Live feed

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލެންސީ އެމްޑީ ގޯލަމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސްކޭމްގެ 3000 މައްސަލަ، 35 މިލިޔަން ރުފިޔާ ގެއްލިފައި!

ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާ ކަމަށާއި ގިނައީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތައްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މައްސަލަތަކަކީ، އެންޓި ސްކޭމް ސެންޓަރު ހުޅުވި ފަހުން މިހާތަނަށް ރިކޯޑް ކޮށްފައިވާ މައްސަލަތައް…

ނެޓުބޯޅަ ޗެމްޕިއަންޝިޕް: ރާއްޖެއިން އިންޑިއާ ބަލިކޮށްފި

ހޮންގް ކޮންގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި އިންޑިއާ އަތުން މޮޅުވެއްޖެއެވެ. މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ ދެ މެޗުން ސިންގަޕޫރު އަދި މެލޭޝިއާ އަތުން ވަނީ ބަލިވެފައެވެ. ސަރަހައްދީ ނެޓްބޯޅައިގެ ގަދަ ދެ ބާރާ ދެކޮޅަށް ކުޅެ ބަލިވިނަ…

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރައާއި އައިޔޫއެމްއާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއް

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސޮއިކުރި ފުރަތަމަ އެއްބަސްވުމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވ…

ފަލާހު ވިދާޅުވީ ކައުންސިލްތަކުގެ ބިންތައް ނަގާ އިސްލާހު ހުށަހެޅީ ސަރުކާރުން ނޫން ކަމަށް

ރަށްރަށާއި ސިޓީތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް، މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ސަރުކާރަށް ނެގޭ ގޮތަށް ލާމާރުކަޒީ ގާނޫނު ބަދަލުކުރަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގް…

ހުޅަނގު މޫސުމުގެ ބާރުގަދަވެ ބޯވިއްސާރަ ވިލާ އުފެދެނީ

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަ…

ވައިކަރަދޫގެ ފެނާއި ނަރުދަމާ ނިޒާމު ނިމިފައިވީ ނަމަވެސް ކަރަންޓުގެ ދަތިކަމާ ހުރެ ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާ!

ހދ. ވައިކަރަދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިމިފައިވީ ނަމަވެސް، އެ ރަށުގެ ކަރަންޓު ނެޓްވޯކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ނިޒާމު ބޭނުންނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…