ހޭނައްތާ ޑޮކްޓަރުންގެ ސަރަހައްދީ ބައްދަލުވުން ފުރަތަމަ ފަހަރަށް ރާއްޖޭގައި
ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ބާއްވަނީ އއ. އުކުޅަހުގައެވެ. ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމްޢިއްޔާއިން އިންތިޒާމުކޮށްގެން މިމަހުގެ 15 އިން 16 އަށް ބާއްވާ މިކޮންފަރެންސަކީ ޞިއްޙީ ވުޒާރާއާއި ހޮސްޕިޓަލުތަކުގެ އެހީތެރިކަމާއެ…