ރަސްމާލެ އެއްބަސްވުން ޤާނޫނާއި ޚިލާފުކަމަށް ކަނޑައަޅައިދިނުމަށް އެދި ސްޕްރީމް ކޯޓަށް
ރަސްމާލެއިން ހިއްކާ 1010 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް އަށް ދޭން ނިންމާފައިވަނީ ގާނޫނު އަސާސީ އާ ޚިލާފަށްކަމަށް ކަނޑައަޅައި އެކަން ހުއްޓުވައިދިނުމަށް އެދި ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.