އީގަލް ހިލްސްއަށް ރަސްމާލޭގެ ޕްރޮޕަޓީ ވިއްކޭނީ ސަރުކާރުން ހުއްދަ ދޭ ބަޔަކަށް، ވިސާ ދޭނެ މީހުން ވެސް ނިންމާނީ ސަރުކާރުން
ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ވިއްކޭނީ ދިވެހި ސަރުކާރުން ހުއްދަ ދޭ ބަޔަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.