ހަދަން ފަށާފައިވާ ގެތައް ނިންމަން ލޯނު ސްކީމުން ފުރުސަތު ދެނީ
ބޯހިޔާވަހިކަމުގެ ދާއިރާއިން ލޯނު ދޫކުރާއިރު، އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމަށް، ފުރުޞަތު ލިބޭފަދަ އިންތިޒާމުތަކެއް ހަމަޖައްސަން މަސައްކަތްކުރައްވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.