Live 359,502 stories Updated Sep 24, 2026
Browse topics All stories

Latest stories

Live feed

މަސްރަހު ގޯސްވިޔަ ނުދިނުމަށް ޔޫކްރޭނާއި އީރާނުން މަޝްވަރާކުރައްވައިފި

ޔޫކްރޭނާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވިޔަނުދީ، ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ޔޫކްރޭނުގެ ޚާރިޖީ ވަޒީރު އާންޑްރީ ސިބިހާ އަދި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އާރާޤިޗީ މަޝްވަރާކުރައްވައިފިއެވެ. އެމެރިކާގެ ނިއުޔޯކުގައި…

އިރާޤުގައި ހުރި ތުރުކީގެ އަސްކަރީ މަރުކަޒުތައް އިރާޤު ސަރުކާރާ ހަވާލުކުރަނީ

އިރާޤުގެ އުތުރުގައި ޤާއިމުކޮށްފައިވާ ތުރުކީވިލާތުގެ އަސްކަރީ މަރުކަޒުތައް، ފިޔަވަހިތަކަކަށް ބަހާލައިގެން ދެމެހެއްޓެނިވި އުޞޫލަކުން އިރާޤުގެ ސަރުކާރާ ހަވާލުކުރުމަށާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ޣައިރުޤާނޫނީ ހަތިޔާރުއެޅި ޖަމާޢަތްތައް ހުއްޓުވުމަށް ތުރުކީވިލާތާއި އިރާޤުން އެއްބަސްވެއްޖެއެވެ. މި …

3 ވުޒާރާގެ އަލިފާނުގެ ހާދިސާ: ކަން ހިނގާދިޔަގޮތުގެ ހަގީގަތް

ތިން ވުޒާރާއެއްގައި ރޯވި ހާދިސާ ހިނގަން މެދުވެރިވި ކަރަންޓް ނަރުތައް ދަތި ދޭތެރެތަކުގައި ހުރުމުން އަލިފާން ރޯވިތަން ދެނެގަތުމަށް ބޮޑެތި ދަތިތަކެއް ފަޔަރ ފައިޓަރުންނަށް ކުރިމަތިވި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ތިން ވުޒާރާއެއްގައި އަލިފާން ރޯވެ އަނދައިގެން ދިޔަ ހާދިސާ ހިނގަން މެދުވެ…

ލެޑް ސްކްރީންތަކުން ދަންވަރު އަޑުގަދަކޮށް އިޝްތިހާރު ދައްކާ ޝަކުވާ ބޮޑުވެ، ކައުންސިލުން އުސޫލެއް ހަދަނީ

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުންނަ ލެޑު ސްކްރީންތަކުން ދަންވަރު އަޑުގަދަކޮށް، އިޝްތިހާރު ދައްކާ ޝަކުވާ ބޮޑުވެ، އުސޫލެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

"ސްކޭމް ފައިސާ ހޯދުމުގައި ރާއްޖެއަކީ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުންދާ ޤައުމު"

ސްކޭމްތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ނިސްބަތުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބޭއްވި ނިއުސްކޮންފަރެންސްގައި ވިދާޅުވީ ސްކޭމް މައްސަލަތަކުގައި 53 މީހުން ހައްޔަރުކޮށް، ދައުވާ ކުރުމ…

ފުއްގިރި މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވި ނިންމުން އިސްތިއުނާފު ނުކުރަން ނިންމީ ނުކުންނާނެ އިތުރު ނަތީޖާއެއް ނެތީމަ: ޕީޖީ

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލައިގައި ސަން ކުންފުނިތަކުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ނުކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ "ގްރީން ނާސަރީ" މި އަހަރުގެ ނިޔަލަށް ނިންމަނީ

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުުގެ ޕްރޮގްރާމަށް އެޗްޑީސީން ޗައިނާގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކުރާ "ގްރީން ނާސަރީ" މި އަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާއަޅައިފި

މާލެ އަތޮޅު ހިންމަފުށީގައި ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު އިމާރާތުގެ ބިންގާ އަޅައިފިއެވެ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި، ފެސިލިޓިގެ ބިންގާއަަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި، މަސައްކަތް ހަވާލުކުރ…

Loading fresh headlines…