Live 359,513 stories Updated Sep 23, 2026
Browse topics All stories

Latest stories

Live feed

ރާއްޖެއިން ދަމަހައްޓާ އުޚުއްވަތްތެރި ސިޔާސަތަށް ޝުކުރުވެރިވަން: ސައުދީ ސަފީރު

ސައުދީ އަރަބިއްޔާއާ އެއްކޮޅަށް ރާއްޖެއިން އަބަދުވެސް "އުޚުއްވަތްތެރި ސިޔާސަތެއް" ދަމަހައްޓާތީ އެ ގައުމުން ޝުކުރުވެރިވާ ކަމަށް ރާއްޖޭގައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ޤަހްތާނީ މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެވެ.

ފެންވަރު ދަށް ސްކްރީން ޕްރޮޓެކްޓަރު އިންޑިއާގައި މަނާކޮށްފި

ސްމާޓްފޯންތަކުގައި ބޭނުންކުރާ ސްކްރީން ޕްރޮޓެކްޓަރުތައް އިންޑިއާގައި ވިއްކުމުގެ ކުރިން، ސަރުކާރުގެ ކަމާބެހޭ އިދާރާ ކަމަށްވާ ބިއުރޯ އޮފް އިންޑިއަން ސްޓޭންޑަޑްސް (ބީއައިއެސް) ގެ ސެޓްފިކެޓް ހޯދުން އިންޑިއާ ސަރުކާރުން މަޖުބޫރުކޮށްފި އެވެ.

ފާތިރުގެ މަރުގެ މައްސަލައިގައި ފިލައިގެން އުޅުނު އިރުފާންގެ މައްޗަށް ކުށް ސާބިތެއް ނުވި

މީގެ 10 އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލައިގައި ދައުވާކުރި އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

އީގަލް ހިލްސް މަޝްރޫއު "އުސޫލެއްގެ ގޮތުން" ރަނގަޅު، މައްސަލައަކީ މާލެ ސަރަހައްދުގައި ހިންގާތީ: ނަޝީދު

ޔުނައިޓެޑް އަރަބް އަރަބް އެމިރޭޓްސްގެ އީގަލް ހިލްސްއާ އެކު ސޮއިކުރި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއަކީ އުސޫލެއްގެ ގޮތުން ރަނގަޅު ޕްރޮޖެކްޓެއް ކަމަށާއި އެކަމަކު މައްސަލައަކީ އެހާ ބޮޑު މަޝްރޫއެއް މާލެ ސަރަހައްދުގައި ހިންގާތީ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަ…

ހަކަތައިގެ ސިނާއަތަށް ހަމަލާދިނުން ހުއްޓައިލަން ޔޫކްރެއިން ތައްޔާރު

ރަޝިއާއިން ޔޫކްރެއިނުގެ ހަކަތައިގެ ނިޒާމަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ، ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ރަޝިއާގެ ހަކަތައިގެ ސިނާއަތުގެ ބިނާރާއި ވަސީލަތްތަކަށް ޔޫކްރެއިނުން ދެމުންދާ ހަމަލާތައް ހުއްޓައިލަން ތައްޔާރަށް ހުންނެވި ކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއ…

Loading fresh headlines…