Live 359,513 stories Updated Sep 23, 2026
Browse topics All stories

Latest stories

Live feed

އިމާމުންނަށް ފަރުމާކުރާ ދިވެހިވަންތަ ހެދުމުގެ ނަމޫނާއެއް ދައްކާލައިފި

ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނާއި ހަތީބުން ބޭނުންކުރަން ހާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައި، އޭގެ ނަމޫނާއެއް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ދައްކާލައިފި އެވެ.

ސަޢުދީގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިލައިންގެ މަސައްކަތްތައް އަލުން ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ހޮޅިލައިންގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށާއި، ރަތް ކަނޑުގައި ހުންނަ ޔަންބުޢު ބަނދަރު މެދުވެރިކޮށް އެކްސްޕޯޓުތައް ފެށުން އެކަށީގެންވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. އީސްޓް-ވެސްޓް ހޮޅިލައިން ބޭނުންކޮށްގެންް ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ އައްސޭރިފަށުން …

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަފާނެ ކަމަށް އީރާންގެ އޮފިޝަލަކު ވިދާޅުވުން ދައުލަތުގެ މީޑިއާއިން އެ ވާހަކަ ދޮގުކޮށްފި

އެމެރިކާއިން ކުރިމަތިކުރަމުންދާ އަސްކަރީ ފިއްތުންތައް ކުޑަކޮށް، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުބަންދު (ބްލޮކޭޑް) އުވާލައިފި ނަމަ، ހަތް ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލަން އީރާނުން ތައްޔާރަށް އޮތް ކަމަށް އީރާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.

ހައްގުތައް ނުދީ ޑީޕޯޓުކުރަން އުޅޭކަމަށް ބުނެ ބިދޭސީއަކު ކޯޓަށް ދިއުމުން އިމިގްރޭޝަނުން ނިންމީ އޭނާއާމެދު އަޅާފައިވާ ފިޔަވަޅު އުވާލަން!

ލިބިދޭންޖެހޭ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، ގާނޫނާ ހިލާފަށް ޑީޕޯޓްކުރަން ނިންމި ކަމަށް ބުނެ މޯލްޑިވްސް އިމިގްރޭޝަނާ ދެކޮޅަށް ތައިލެންޑްގެ ރައްޔިތަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ، އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅުތައް އިމިގްރޭޝަނުން އުވާލުމާ ގުޅިގެން އަނބުރާ ގެންގޮސްފި އެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން: އެމްޑީޕީ

ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން އުވާލުމަކީ ތިމާވެށީގެ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

"ދެކުނު ލުބުނާނުގައި ސުލްޙަ ޤާއިމްކުރެވޭނީ ސިޔާސީ އެއްބަސްވުމަކުން"

ދެކުނު ލުބުނާނުގައި ދާއިމީ ހަމަޖެހުމެއް ޤާއިމުކުރުމަށްޓަކައި ސިޔާސީ އިސްނެގުމެއް ކޮންމެހެން ބޭނުންވާ ކަމަށާއި، ހަމައެކަނި ސުލްޙަ ބަލަހައްޓާ ފައުޖުތައް ތިބެގެން މި މައްސަލައަށް ދާއިމީ ޙައްލެއް ނުހޯދޭނެ ކަމަށް އދ. އިން ހާމަކޮށްފިއެވެ. ދެކުނު ލުބުނާނަށް ދާއިމީ ސުލްޙައެއް ގެނައުމަކީ އަދިވެސް ހާސިލުކުރެ…

ރ. ފުށްގިރި ކޫޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުކުރާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

Loading fresh headlines…