Live 359,525 stories Updated Sep 20, 2026
Browse topics All stories

Latest stories

Live feed

ޕްލާސްޓިކް ހޮޅިއަށް ހުއްްދަދިނީ ކަރުދާސް ހޮޅި ބޭނުންކުރުމުގައި ދަތިވާތީ: މިނިސްޓްރީ

ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލީ އޭގެ ބަދަލުގައި ކަރުދާސް ހޮޅި ބޭނުން ކުރުމުގައި ހުރި ދަތިތަކާ ހެދި ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

ދަނޑުމަތީގައި އުޅަނދަކާ މުޑިއަރައި ޓައުންސެންޑް ސަލާމަތްވީ ކިރިޔާ

އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަންދްރޮސް ޓައުންސެންޑް، ތައިލެންޑް ލީގު މެޗެއްގެ ހާފު ވަގުތު ފަރިތަކުރަނިކޮށް ދަނޑުގެ ވިނަގަނޑު ރޯލުކުރާ އުޅަނދަކާ މުޑިއަރައި، ސީރިއަސް އަނިޔާއެއް ނުވެ ކިރިޔާ ސަލާމަތްވެއްޖެ އެވެ.

ފިތުރޯނުގަސްތައް ނަގަނީ މޫލައި، ދަތިތައް ދިމާވާތީ: އެޗްޑީސީ

ހުޅުމާލޭގައި މޭރީ ބްރައުން ހިންގާ އިމާރާތުގެ ކުރިމަތިން ވަރަށް ބޮޑަށް ހިޔާވާ ގޮތަށް ހެދިފައިވާ ފިތުރޯނު ގަސްތައް ނަގަނީ މޫލައި، ގިނަ ބަޔަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާތީ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ޣައްޒާގެ 500،000އަށްވުރެ ގިނަ ދަރިވަރުން ކިޔެވުމަށް އެންމެ 700 ފޭލިގެ

ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާ އެއްކޮށްހެން ސުންނާފަތިވެފައިވާ އިރު، ޣައްޒާގައި އަލުން މަދަރުސާތައް ހިންގުމުގައި އިދާރާތަކުން ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އެ ސަހަރުގެ ދަރިވަރުން ތައުލީމު ހާޞިލް ކުރުމަށް ފިތިބާރުވެގެން އެއްވަމުން ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޖަހ…

ހަ ބިދޭސީންގެ މައްޗަށް މަނީލޯންޑްރިންގެ ތުހުމަތު، ބަންދަށް 10 ދުވަސް

ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލާގައި ހައްޔަރުކުރި ހަ ބިދޭސީންގެ މައްޗަށް ވެސް މަނީލޯންޑްރިންގެ ތުހުމަތުކޮށް 10 ދުވަހަށް ބަންދުކޮށްފި އެވެ.

ކޮވެންޓްރީ ފުރަތަމަ ފަހަރަށް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ކޮވެންޓްރީ ސިޓީ ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ. ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ކޮވެންޓްރީ ވަނީ ރޭ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މިއީ މި ސީޒަނުގައި އެ ޓީމު މިހާތަނަށް ކުޅުނު 5 މެޗުގެ ތެރެއިން މޮޅުވި …

Loading fresh headlines…