އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު
އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން، ވާހަކަ ދައްކާ ކޮންމެ ރައްޔިތަކު މިއަދު ބުނަނީ އެއް ވާހަކައެއް ކަމަށާއި އެއީ މި ސަރުކާރަށް ނޫނެކޭ ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ނޫނެކޭ ބުނުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.