Live 359,525 stories Updated Sep 19, 2026
Browse topics All stories

Latest stories

Live feed

މިއަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57 ބިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް ތަޖުރިބާކާރުން ބުނޭ

2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި ސަރުކާރުން ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ހާމަކުރެއްވި ހިސާބުތަކުން ދައްކައިފި އެވެ.

ތެޔޮ ހޯދުމުގެ ދިރާސާތައް ކޮށްދިނުމަށް ޕެޓްރޯނަސްއަށް ހުށަހެޅުމެއް!

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތަކެއް ހުރެދާނެ ކަމަށް ކުރެވޭ އުއްމީދަކީ ހަމައެކަނި ހިޔާލީ ވާހަކައެއް ނޫނެވެ. މީގެ ދިހަ އަހަރު ކުރިން، 2014 ވަނަ އަހަރު ޖަރުމަނުވިލާތުގެ ޔުނިވަރސިޓީ އޮފް ހެމްބަރގުން ރާއްޖޭގެ ސަރަ…

އެއްފަހަރު ބޭނުންކޮށްފައިވާ އުކާލާ ޕްލާސްޓިކް ހޮޅި އެތެރެކޮށް ވިއްކުން ހުއްދަކޮށްފި

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހޮޅި 2031 ޑިސެމްބަރު މަހާއި ހަމައަށް އުފައްދާ ވިއްކުމުގެ ހުއްދަ އަލުން ދޭން ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރީއްޔާ ޤަރާރަކުންނެވެ. ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް …

ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކަމަށް ބުނެ، ހާބަރު ފުޑް ކޯޓުތައް ހުސްކުރަން އަންގައިފި

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހިންގަމުން އަންނަ ހާބަރު ފުޑްކޯޓުތައް ހުރި ބިން، ތަރައްޤީގެ އައު މަޝްރޫއަކަށް ބޭނުންވާތީ، 90 ދުވަހުގެ ތެރޭގައި އެ ސަރަހައްދު ހުސްކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފި އެވެ.

Loading fresh headlines…