ހަށިވިއްކުމުގެ މައްސަލައެއްގައި ދިވެހި އަންހެނަކު 7 އަހަރަށް ޖަލަށްލައި، ނާސިގެ ހެދި ފިރިހެން މީހާ 5 އަހަރަށް ޖަލަށް!
ހަށިވިއްކުމުގެ މައްސަލައެއް ސާބިތުވެ، ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އަންހެނަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، ނާސިގެ ހެދުމުގެ ދައުވާ ސާބިތުވި ފިރިހެނަކު ޖަލަށް ލުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.