އަބޫދާބީގެ ޝެއިޚް ޒާއިދު މިސްކިތަށް ޒިޔާރަތްކުރާ މީހުންގެ އަތުން ފީއެއް ނަގަން ފަށައިފި
18 Sep 2026, 12:08
Latest stories
Live feed18 Sep 2026, 12:08
ޕީޕަލްސް ނެޝަނަލް ފްރޮންޓު، (ޕީއެންއެފް)އިން އިލެކްޝަން ކޮމިޝަންގެ ރައީސް، މުހައްމަދު ޝަކީލުއާ ދެކޮޅަށް ޖިނާއީ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅައިފިއެވެ.
ފުޑްކޯޓު ހިމެނޭ ސަރަހައްދުގައި ހާބަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދުގެ ފުޑްކޯޓު ޔުނިޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަންގައިފިއެވެ.
ކުރިއަށް އޮތް ތަނުގައި ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރުމަށް ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ގޮވާލައްވައިފި އެވެ.
ތ. ގުރައިދޫގައި ހުންނަ ސައިޓެއްގައި ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް ޢަލަމްއަށް ހަމަލާދީ ޤަޞްދުގައި މަރާލި މައްސަލައިގައި، ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަބުލް މިއަހްގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލައި، މަރުގެ ދިޔަ ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ނިމުނު ހަފުތާގައިވަނީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު، ވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. މިމަހުގެ 14 އިން 15 އަށް ކުރެއްވި މަ ދަތުރުފުޅުގައި ވަނީ މުހިއްމު މަޝްވަރާތަކެއް ކުރިއަށްގެންދަވާފައެވެ. (15 ސެޕްޓެންބަރު) މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ހ…
18 Sep 2026, 11:10
ދަރުމަވަންތަ ހޮސްޕިޓަލުގައި އައިވީއެފް މެދުވެރިކޮށް މިހާތަނަށް 27 ކުދިން އުފަންވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުން ގުޅިގެން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ ސްޓްރެޓެޖިކް ޑައިލޮގް ނުވަތަ އިސްތިރާޖީ ބައްދަލުވުންތަކުގެ 3ވަނަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2023ވަނަ އަހަރުއެވެ. އަދި ދެވަނަ ބައްދަލުވުން ބާއްވާފައިވ…
Loading fresh headlines…