Live 359,542 stories Updated Sep 16, 2026
Browse topics All stories

Latest stories

Live feed

2.0 އާ އެކު ޕީއެންސީގެ ކޮންގްރެސް ޒަމާނީ ވެއްޖެ، ވޯޓުގެ ނަތީޖާ އިރުކޮޅެއް ތެރޭގައި ލިބޭ: ފަލާހް

މޯލްޑިވްސް 2.0 އާ އެކު، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ވަރަށް ބޮޑަށް ޒަމާނީ ވެފައިވާ ކަމަށާއި އެ ކޮންގްރެސްގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ވެސް އިރުކޮޅެއް ތެރޭ ލިބޭ ކަމަށް ޕާލަމެންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރަން ދިރާގުން އިލްތިމާސްކޮށްފި

ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރަން ހިއްސާދާރުންގެ 'ޓެކްސް ރެޒިޑެންސީ ސްޓޭޓަސް' (ޓެކްސް ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށް ފަހު، އެ މައުލޫމާތު އަޕްޑޭޓްކުރަން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އެފްއެޗްއޭއެމް ފެއަރ: ފުރަތަމަ ފަހަރަށް އެންމެ މޮޅު ޝެފުގެ އެވޯޑު ދިވެހި އަންހެނަކަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ހަރަކާތް ކަމަށްވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް، އެފްއެޗްއޭއެމްގެ "ބެސްޓް ޝެފް"ގެ މަގާމު ދިވެހި އަންހެނަކު ހާސިލްކޮށްފިއެވެ. މިމަގާމު ހާސިލްކޮށްފައިވަނީ ދުސިތު ޑީ2 ފޭދޫ މޯލްޑިވްސްގެ މުސްލިމާ އާދަމްއެވެ. ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއ…

Loading fresh headlines…