Live 359,542 stories Updated Sep 16, 2026
Browse topics All stories

Latest stories

Live feed

އަމީޝާ ޕަޓޭލްގެ މައިންބަފައިންގެ ގެއިން އަގުބޮޑު ގަހަނާތަކެއް ވަގަށް ނެގި ނޯކަރަކު ހައްޔަރުކޮށްފި

ބޮލީވުޑްގެ އެކްޓްރެސް އަމީޝާ ޕަޓޭލްގެ މައިންބަފައިންގެ ގެއިން ފަސް ލައްކަ އިންޑިއަން ރޫޕީސްގެ ރަނާއި ގަހަނާ ވަގަށް ނެގި މައްސަލައެއްގައި އެ ގޭގައި މަސައްކަތްކުރާ ނޯކަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ޤާނޫނެއްގަައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން

ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރެއާލް އިން އެންމެ ފަހު ވަގުތު އެލްޗޭގެ މައްޗަށް ކުރި ހޯދައިފި

ސްޕެނިޝް ލަލީގާގައި އެންމެ ފަހު ވަގުތު ރެއާލް މެޑްރިޑުން އެލްޗޭ ކޮޅަށް ޖެހި ލަނޑާއެކު މެޗު ކާމިޔާބު ކޮށްފިއެވެ. އެލްޗޭގެ އެސްޓާޑިއޯ މަނުއެލް މާޓިނޭޒް ވަލޭރޯގައި ކުޅުނު މިމެޗު ރެއާލް އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެލްޗޭ…

ހާމޭސް ރޮޑްރިގޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ކޮލޮމްބިއާގެ ފޯވަޑް ހާމޭސް ރޮޑރިގޭޒް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ. ޖުމުލަ 15 އަހަރު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔާ ގިނަ ބަޔަކު ދަންނަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަންބޫޓު ހާސިލްކުރި ކުޅުންތެރިޔާގެ ގޮތުގަ އެވެ. "އަހަރެން މިދަނީ ހިތްހަމަ ޖެހުމާއެކު. ސަބަބަކީ އަހަރެންނަށް އެނގޭ …

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

މެސީ ގައުމީ ޓީމަށް ނަގައިފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ނަމަވެސް ކެޕްޓަން ލަޔޮނަލް މެސީ އާޖެންޓީނާގެ ޓީމަށް ނަގައިފި އެވެ. އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ބެނިންއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް މެސީ ޓީމުގައި ހިމެނީ އޭނާގެ ވަދާއީ މެޗަށް އެ މެޗު ހެދުމަށެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑި…

މަރުވެފައިވާ މީހުންގެ ހަށިތައް ޣައްޒާގެ އިމާރާތްތަކުގެ ތެރެއިން ފެންނާނީ ތަހުގީގުކުރުމުގެ ފުރުސަތަށް އދ. އިން އެދެފި

އިމާރާތްތަކުގެ ގާކުނޑިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ހަށިތައް ފެންނަމުން ދާތީ އެކަމާ ގުޅޭ ގޮތުން ހެކި އެއްކުރުމަށް ބައިނަލްއަގުވާމީ ތަހުގީގު ޓީމުތަކަށް ފުރުސަތު ދިނުމަށް އދ. އިން އިޒްރޭލަށް ގޮވާލައިފި އެވެ.

ހަސީނާގެ ޕާޓީގެ ހަތް ލީޑަރަކު މަރަން ހުކުމްކޮށްފި

ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް އަނިޔާވެރިކޮށް ރޫޅާލަން މަސައްކަތްކުރި މައްސަލައިގައި، ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަވާމީ މުސްލިމް ލީގުގެ އިސް ހަތް ލީޑަރަކު މަރަން ޣައިރު ހާޒިރުގައި އިއްޔެ ހުކުމްކޮށްފި އެވެ.

ހޫތީން މައްކާއަށް ފޮނުވާލި ޑްރޯނެއް ވައްޓާލައިފި؛ ކޯލިޝަނުން ބުނީ ހަރަމްފުޅަށް ނުރައްކާވާ ނަމަ ބަލަން ނުތިބޭނެ ކަމަށް

ޔަމަންގެ ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށާއި ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފި ނަމަ އެއީ ރަތް ރޮނގު ފަހަނަޅައި ދިއުން ކަމަށް ބުނެ ސައޫދީ ކޯލިޝަނުން އިންޒާރު ދީފި އެވެ.

Loading fresh headlines…