Live 351,843 stories Updated Jul 26, 2026
Browse topics All stories

Latest stories

Live feed

އާރުއާރުސީން ޗެމްޕިއަންކަން ދިފާއުކޮށް، ތަށީގެ ރެކޯޑްގައި އެސްޓީއޯއާ އެއްހަމަކޮށްފިި

އެންމެ ފަހު މިނިޓުގައި އިސްމާއިލް މުނީޒް ޖަހައިދިން ގޯލުން 3-2 އިން އެސްޓީއޯ އާރުސީ ބަލިކޮށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އިން ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ދިފާއު ކޮށްފި އެވެ.

ސާކް އަލުން ހިންގަން މެދުވެރިއަކަށް ވާން ތައްޔާރު: ރައީސް

ދެކުނު އޭޝިއާގެ ގައުމުތަކުން ގުޅިގެން އުފައްދާފައިވާ ސާކް ޖަމިއްޔާ އަލުން ހިންގަން މަޝްވަރާތައް ކުރަން މެދުވެރިއަކަށްވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންގޯގައި އިބޯލާގެ ނުރައްކާ އިންތިހާއަށް، މަރުވި މީހުންގެ ޢަދަދު އިތުރުވަނީ

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދު 1,354 އަށް އަރައި، ޙާލަތު ނުރައްކާތެރި މިންވަރަކަށް ގޯސްވެފައިވާ ކަމަށް އެ ޤައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އެންމެ ފަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު 40 އިންސައްތައަށްވުރެ ބޮޑު އިތުރުވުމެކެވެ. …

ދައުލަތުގެ ޢިއްޒަތް 4 ބޭފުޅަކަށް އަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ޝަރަފު 4 ބޭފުޅަކަށް އަރުވައިފިއެވެ.

ދައުރު ނިމުމުގެ ކުރިން ހައުސިން މަޝްރޫއުތައް ނިންމައި ތަންތަން ހަވާލުކުރާނެ: ރައީސް

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި އެތަންތަން ލިބޭ މީހުންނަށް ހަވާލުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި ހިތްތަކުގައި އަށަގެންނެވުން މުހިންމު: ސާޖިދާ

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯބި ހިތްތަކުގައި އަށަގެންނެވުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Loading fresh headlines…