Live 359,550 stories Updated Sep 14, 2026
Browse topics All stories

Latest stories

Live feed

ޒުވާން ޚަޠީބުން ދުލާއި ގަލަން ހިންގުމުގައި ހިކުމަތްތެރިކަން އިސްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓައި، މުސްތަޤުބަލުގައި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ޚަޠީބުން ޢަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި ޢަމަލީ ސުލޫކު އެއްގޮތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ކުރެވުނު މަސައްކަތުން ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަނީ ދަށްވަމުން: ވަޒީރު ސައީދު

ބްލެކްމާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވާޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަނީ ދަށްވަމުންދާތަން ފެންނަމުންދާކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަ…

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރި ވަރަށް ވުރެ ދަށަށް ޑޮލަރު ރޭޓު ތިރިވެއްޖެ: މިނިސްޓަރު ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރި މިންވަރަށް ވުރެ ދަށަށް މިހާރު ޑޮލަރުގެ ރޭޓު ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް އިވެލުއޭޓްކުރާނެ ބަޔަކު ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިސާޗް ކޮންފަރެންސަށް ހުށަހެޅޭ ދިރާސާ ކަރުދާސްތައް ބަލައި އެސެސް ކުރާ "ޕިއާ ރިވިއު ޕޫލް"ގައި ބައިވެރިވުމުގެ ފުރުސަތު އެމްއެމްއޭ އިން މިއަދު ހުޅުވާލައިފިއެވެ.

ބަންކަރިން ޚިދުމަތުން 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް

ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް ލިބިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރު ލިބ…

މަޖިލިސް މެޖޯރިޓީ ދީފި ނަމަ ޑޮލަރު ރޭޓު 15.42 ވުރެ ތިރިވާނެކަމުގެ ޔަގީންކަމެއް ނުދެން، ދެންނެވީ ކަންކަން ފަސޭހަވާނެ ވާހަކަ: ސައީދު

ސަރުކާރު ހިންގާ ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދީފި ނަމަ ޑޮލަރުގެ އަގު ހުއްޓުމެއް ނެތި މައްޗަށް ދާ ދިއުން ހުއްޓޭނެކަމުގެ ޔަގީންކަން ދެއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އެކަމާ ގުޅިގެން ދޮގު ހައްދަވައިފި އެވެ.

Loading fresh headlines…