Live 351,897 stories Updated Jul 25, 2026
Browse topics All stories

Latest stories

Live feed

ހަނގުރާމައިގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރުމަށް ބޮޑެތި ހުރަސްތަކެއް

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެޔޮ އުފުލުމުގައި ބޭނުންކުރާ އެންމެ މުހިންމު ދެ ކަނޑުއޮޅި ކަމަށްވާ ހުރްމުޒް އަދި ބާބުލް މަންދަބުގައި ކުރިމަތިވަމުންދާ ނުރައްކާތަކާ ހުރެ ގަލްފުގެ ގައުމުތަކަށް ތެޔޮ އެކްސްޕޯޓުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއްޖެއެވެ. ހަނގުރާމަ ފުޅާވެ، ތެޔޮ އެކްސްޕޯޓުކުރުމަ…

ބަންގްލާދޭޝްގެ ރައީސް އިސްތިއުފާ ދެއްވައިފި

ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ، އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން ސިއްހީ ހާލަތު ތަން ނުދޭ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަވާހެލި އައްޑޫގެ އިހުތިސާސުން ސަރުކާރުން ވަކިކުރީ އެ ސިޓީގެ ޓޫރިޒަމް ތަރައްގީވިޔަ ނުދޭން: ފައްޔާޒު

މި ސަރުކާރުން އައްޑޫގެ އިހުތިސާސުން ސަވާހެލި ވަކިކުރީ އެ ސިޓީގެ ޓޫރިޒަމް ތަރައްގީވިޔަ ނުދިނުމަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ފަށައިފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، އޮފިޝަން އިވެންޓްސް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ ގުޅިގެން "ސައްބީސް ކާނިވަލް" ނަމުގައި ޚާއްސަ ކާނިވަލެއް ފަށައިފިއެވެ. މި ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް…

"އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް"

އިޤުތިސާދީ ދަތިތަކާއެކުވެސް ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަކީ ހެޔޮ ވެރިކަމެއް ކުރަމުންދާކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ އުތުރުން ބޮޑުތަކުރުފާނުމަގުގެ މަސައްކަތްތ…

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ ކުރީ ސަރުކާރުން ވަޒީފާތައް ބަހާލުމުން ކަމަށް ރައީސް ވިދާޅުވި ނަމަވެސް، މި ސަރުކާރުން އިންތިހާބާ ދިމާކޮށް އެތައް ބަޔަކަށް ވަޒީފާ ދީފައިވޭ!

މަސްވެރިކަމުގެ ސިނާއަތް ހީނަރުވީ މިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތަކުން، އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާ ދިނުމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތު ގޭމްސް 2026: އާން އާއި ލޫތު ވެސް ފުރަތަމަ ދުވަހު ގައުމީ ރެކޯޑް އާކޮށްފި

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ފެތުމުގެ އިވެންޓްތަކުން ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އަދި ލޫތު މުހައްމަދު ހުސެއިން ވެސް ގައުމީ ރެކޯޑު އާކޮށްފި އެވެ.

ގޫގުލް ބިމުން ލިބެންޖެހޭ ކުލި އައްޑޫ ސިޓީ ކައުންސިލަށް ހޯދާނަން: ނިޒާރު

ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫޢުގެ ބޭނުމަށް ނަގާ ބިމުން އެ ސިޓީގެ ކައުންސިލަށް ކުލި ނަގާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އިޓަލީވިލާތުގެ ކޯޗުކަމާއި ހަވާލުވެވޭކަށް ނެތް: ގާޑިއޯލާ

އިޓަލީވިލާތުގެ ޤައުމީ ޓީމުގެ ކޯޗުކަމާއި މިވަގުތު ހަވާލު ވެވެން ނެތްކަމަށް ބުނެ ސްޕެއިންގެ ތަޖްރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ އެފުރުސަތު ދޫކޮށްލައިފިއެވެ. މަޢުލޫމާތުލިބޭގޮތުގައި ޕެޕް މިހާރުވަނީ މިކަން އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނަށް އަންގާފައެވެ. ޕެޕް ހާމަކުރިގޮތުގައި އޭނާ ބޭނުންވަނީ ކުރިންވެސް ރާވާފަ…

އެމްޑީޕީން މަސަކަތްކުރަނީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފައްދަން: މުންދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަނޑާލަން އުޅޭ މުވައްޒަފުންގެ އަދަދު ކަމަށްބުނެ އިދިކޮޅު އެމްޑީޕީން ދައްކާ ނަންބަރުތަކަކީ އޮޅުވާލައިގެން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިނ…

Loading fresh headlines…