Live 359,567 stories Updated Sep 12, 2026
Browse topics All stories

Latest stories

Live feed

ކޮންގޯގައި އިބޯލާ ޖެހިފައިވާ މީހުންގެ އަދަދު 7,000 އިން މައްޗަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިތުރު ޕްރޮވިންސަކަށް އިބޯލާ ވައިރަސް ފެތުރި، މި ބަލި ޖެހުނުކަން ކަށަވަރުވި މީހުންގެ ޢަދަދު 7،000 އިން މައްޗަށް އުފުލިއްޖެއެވެ. ކޮންގޯ ސަރުކާރުން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަތް ޕްރޮވިންސަކުން ބަލި ޖެހުނުކަން ކަށަވަރުވި މީހުންގެ ޢަދަދު 7،022 …

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް މެންބަރު ކުޑޫގެ ސިޓީއެއް އަބްދުއްރަހީމްއަށް

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓުގެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވައިފި އެވެ.

ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!

ބ. ފުޅަދޫގައި ޕޮލިސް ސްޓޭޝަނެއް ބިނާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅަކަށް ވީނަމަވެސް، މި މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް އެއްވެސް އަމަލީ މަސައްކަތެއް ނުފެށި، ޕޮލިސް ސްޓޭޝަން އެޅުމަށް ހަމަޖެހިފައިވާ ބިން ޖަންގައްޔެއްގެ ގޮތުގައި އޮތް…

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ސަރަހައްދީ ހަމަޖެހުމަށް ސަޢޫދީއާއި ތުރުކީވިލާތުން މަޝްވަރާކޮށްފި

ސަރަޙައްދީ ހަމަނުޖެހުމާއި ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން، އެ ކަންކަން ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން އަދި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރެއްވީ، ރި…

ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެންޑީއެމްއޭއިން ގޮވާލައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ގޮވާލައިފި އެވެ.

Loading fresh headlines…