ގްރީން ބިލްޑިންގް ގައި ރޯވުމާ ގުޅޭ މައުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ: ވަކީލު
ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ ގްރީން ބިލްޑިންގ ގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އެ މަނިކުފާނުގެ ފަރާތުން ފުލުހުންނަށް އަންގައިފިއެވެ.