Live 352,062 stories Updated Jul 20, 2026
Browse topics All stories

Latest stories

Live feed

މިރޭގެ ފައިނަލް މެޗަށް ފަހު އުފާފާޅުކުރަން އެއްވުންތައް ނުބާއްވަން އެދެފި

ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށާއި އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ޖުލައި ޢުމްރާއަށް 4،000 އަށްވުރެ ގިނަ ދިވެހިން

މި ޖުލައި މަހު ރާއްޖެއިން ޢުމްރާގެ އަޅުކަމަށް 4،000 އަށްވުރެ ގިނަ މީހުން ފުރާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ދުވަސްވަރު ރާއްޖެއިން ޢުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދު އިތުރުވެފައިވަނީ މިއީ ސްކޫލް ޗުއްޓީއަށް ވުމުގެ ސަބަބުންނެވެ. ރާއްޖެއިން ޢުމ…

އީރާނުން ހޮރްމޫޒް ކަނޑުއޮޅިއަށް ބާރު ފޯރުވަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް: ޖީސީސީ/އީޔޫ

ހޮރްމޫޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ކުރަމުންދާ ދައުވާތަކާއި، އެ ސަރަހައްދު ބަންދުކުރުމަށް އަމިއްލައަށް ނިންމި ނިންމުމަށް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ދެކޮޅު ހަދައި، އެކަން ކުށްވެރިކޮށްފި އެވެ.

42 ރަށެއްގައި ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދަން އިންޑިއާއާ އެކު އެއްބަސްވުމެއް

އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ދަށުން 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވޯލްޑް ކަޕް: އުފާ ފާޅުކުރަން މިރޭ އެއްވުންތައް ނުބާއްވަން އިލްތިމާސްކޮށްފި

މިރޭ އޮންނަ ވޯލްޑްކަޕް ފައިނަލް މެޗަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ދިވެހި ފުލހުންގެ ޚިދުމަތުންއިލްތިމާސްކުރައްވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަ…

Loading fresh headlines…