Live 352,087 stories Updated Jul 16, 2026
Browse topics All stories

Latest stories

Live feed

މާފަންނު ސްޓޭޑިއަމް ބިމުގެ މައްސަލަ: ކޯޓުން ބޭރު ހައްލެއް ހޯދަން ހަފުތާއެއް

މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ އިމާރާތެއް ހުސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގި އެންގުން ހުއްޓުވަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަ ދައްކައިގެން ކޯޓުން ބޭރު ހައްލެއް ހޯދަން ހަފުތާއެއްގެ މުއްދަތު ދީފި އެވެ.

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި މުވައްޒަފުން ވެއްދި އެޗްޑީސީން، އެމަގާމުތައް އުވާލައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ!

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި، މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެމަގާމުތައް އުވާލައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކަރަންޓު މައްސަލަ ޙައްލުކުރަން ފެށި މަޝްރޫއު: "ވެރިކަން ބަދަލުވީފަހުން އިސްކޫރެއްވެސް އިތުރަށް ޖަހާނުލާ!"

ހދ. ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން ފެށި 25 މެގަވޯޓުގެ އިންޖީނުގޭގެ މަޝްރޫއު، ވެރިކަން ބަދަލުވި ފަހުން އެއްކޮށް ހުއްޓި، އެތަން ވީރާނާވަމުންދާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ފަށާފައިވާ މަސައްކަތުގައި ހުރި ހުރިހާ ލިޔެކިޔުންތައް ވަކި ހިސާބަކުން ގެއްލިއްޖެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ތައިލެންޑުން ދިވެހިންނަށް ދޭ އޮން އެރައިވަލް ވިސާ އަނެއްކާވެސް 30 ދުވަހަށް އިތުރުކޮށްފި

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭ މުއްދަތު 15 ދުވަަހަށް ކުޑަކުރުމަށްފަހު އެ ނިންމުން ބަދަލުކުރަން ތައިލެންޑްގެ ސަރުކާރުން ނިންމައިފި އެވެ.

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް: އާޒިމް

މިއީ ހެނދުނު ހޭލާ ގޮތަށް ސިޔާސަތު ކަނޑައަޅާ ސަރުކާރެއް ކަމަށާއި، ކަންކަން ރަނގަޅު ކުރުމުގެ ނިޔަތެއް ނުވަތަ ވިސްނުމެއްވެސް މި ސަރުކާރުގައި ނެތްކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Loading fresh headlines…