ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކުއްޖާގެ ގައިމައްޗަށް ކާރު އެރިކަމަށް ބެލެވޭތީ ފޮރެންސިކް ތަހުލީލުތައް ފަށައިފި
ހުޅުމާލޭގެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ނުވަ އަހަރުގެ މ. ލެމަންޓްރީ، ޒީވާ ސިނާން އަހުމަދު ނިޔާވި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.