Live 128,352 stories Updated Jul 25, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކޮމަންވެލްތު ގޭމްސް 2026: އާން އާއި ލޫތު ވެސް ފުރަތަމަ ދުވަހު ގައުމީ ރެކޯޑް އާކޮށްފި

ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ފެތުމުގެ އިވެންޓްތަކުން ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އަދި ލޫތު މުހައްމަދު ހުސެއިން ވެސް ގައުމީ ރެކޯޑު އާކޮށްފި އެވެ.

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ

ބޮޑުތަކުރުފާނުމަގު ޒަމާނީކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ފަހުން ތަރައްގީކުރި ސަރަހައްދު އާއްމު ދަތުރުފަތުރަށް މިއަދު ހުޅުވާލި ބައިގައި، ގަވައިދާ ހިލާފަށް ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މުޒާހަރާ ހުއްޓޭތޯ އިންޑިއާގެ ޒުވާނުންނާ އެކު ކުރި މަޝްވަރާ ކާމިޔާބެއް ނުވި

އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން މަގާމުން ވަކިކުރުމަށް ގޮވާލައި ޒުވާނުންގެ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ހަރަކާތުން ކުރިއަށްގެންދާ މުޒާހަރާގެ ލީޑަރުންނާއި ސަރުކާރާ ދެމެދު މިއަދު ބޭއްވި މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބި ނާކާމިޔާބުވެއްޖެ ކަމަށް ދެ ފަރާތުން ވެސް ބުނެފި…

މަސްތުވާތަކެތީގެ މައްސަލާގައި ސާހިލްގެ މައްޗަށް އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބަލައެއް ނުގަތް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމްގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.

ތައުހީދުގެ އަގީދާ ވަރުގަދަ ކުރުމުގެ މުހިންމުކަން

ތައުހީދު ނުވަތަ މާތްﷲ ގެ އެއްކައުވަންތަކަމުގެ އަގީދާއަކީ ގަހެއްގެ މޫތައް ފަދަ އެއްޗެކެވެ. މޫތައް ވަރުގަދަވެ، ބިމުގެ އަޑި އަށް ފެތުރި ސާބިތުވެއްޖެ ނަމަ އެންމެ ގަދަ ވައިރޯޅިތަކުގައި ވެސް ލުހިގެން ނުގޮސް ސާބިތުކަމާ އެކު ގަސް ހުންނާނެ އެވެ.

ފާޑުކިޔަމުން ދަނިކޮށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަރިވަރުންގެ މުޒާހަރާގެ ވާހަކަ ދައްކައިފި

އިންޑިއާގައި މެޑިކަލް އިމްތިހާނު (ނީޓް)ގެ ޕޭޕަރުތައް ލީކުވި މައްސަލައާ ގުޅިގެން ކިޔަވާ ކުދިން ކުރަމުންދާ ވަރުގަދަ މުޒާހަރާތަކަށް ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ތާއީދު ލިބެން ފަށައިފި އެވެ.

Loading fresh headlines…