Live 129,625 stories Updated Sep 7, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އާރުޑީސީ އުވާލައި އެމްޓީސީސީގެ ދަށަށް މަސައްކަތްތައް ބަދަލުކުރަން ނިންމައިފި

ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނީގެ ދަށުން ހިންގި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ އިންޓެގްރިޓީއަކީ މުއައްސަސާއާ މެދު ރައްޔިތުން ކުރާ އިތުބާރު: އިހުސާން

ފުލުހުންގެ އިންޓެގްރިޓީ އާއި ވަކި ފަރާތަކަށް ނުޖެހި ގާނޫނު ތަންފީޒުކުރުމަކީ ފުލުހުންގެ މުއައްސަސާ ރައްޔިތުން ބަލައިގަންނާނެ މުހިއްމު ސިފަތަކެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިޒްރޭލް ސިފައިންގެ މީހަކު ބޭނުންކޮށް ހެދި އިސްތިހާރުން އެޑިޑާސްއާ ދެކޮޅަށް ބޮއިކޮޓް ކެމްޕޭނެއް

އިޒްރޭލުގެ ކުރީގެ ސިފައިންގެ މީހަކު ބޭނުންކޮށްގެން އިޝްތިހާރެއް ހެދި މައްސަލައިގައި ކުޅިވަރު ސާމާނު އުފައްދާ ކުންފުނި "އެޑިޑާސް" އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓު ހިއްސާ ސަރުކާރަށް ހޯދަނީ

ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ 100 ޕަސެންޓު ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތްތައް ފަށަން ކެބިނެޓުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފި އެވެ.

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކުރަނީ

ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

60،000ރ. ގެ މުސާރަ ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ

މުސާރައިގެ ގޮތުގައި މަހަކު 60،000ރ. ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބުޅާތަކަށް ކާން އަޅާ މައްސަލާގައި ކޯޅުން ބޮޑުވެއްޖެ

ފިރިހެނަކު ރުޅިވެރިކަމާ އެކު ބުނަނީ ފާޑުފާޑަށް މިތަނަށް އައިސް ބުޅަލަށް ކާން ނޭޅުމަށެވެ. އިންޒާރުގެ ރާގުގައި އެ މީހާ އެހެން ބުނުމާ އެކު އަންހެނަކު ބުނާތީ އިވެނީ އެކަމަކު ބުޅަލުގައި ޖަހަން ނުޖެހޭނެ ކަމަށެވެ. އެހެން ބުނާ އަންހެން މީހާ އެ ވީޑިއޯއަކުން ނުފެނެ އެވެ. އޭނާ ތުހުމަތުކުރީ ވީޑީއޯއިން ފެންނަ މީ…

ކުނި އެޅުމާއި ކުއްޔަށް ދިނުން ހިމެނޭހެން ފަހި ފްލެޓުތަކާ ގުޅޭ 44 މައްސަލައެއް

ކުނި އުކުމުގެ ގަވާއިދާ ހިލާފުވުމާއި ފްލެޓު ކުއްޔަށް ދިނުން ހިމެނޭހެން ފަހި ފްލެޓުތަކާ ގުޅޭ 44 މައްސަލައެއް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

Loading fresh headlines…