Live 128,437 stories Updated Mar 4, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކުދި ތަންތަންކޮޅުގައި ހާލުގައި އުޅޭ މާލޭ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދެނީ

މާލޭގައި ވަރަށް ކުދިކުދި ތަންތަނުގައި ދިރިއުޅެމުންދާތީ، އެ މީހުންނަށް ލުޔެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓް ކުއްޔަށް ދިނުން ހުއްޓުވަން ގާނޫނު އިސްލާހުކުރަނީ

ކުއްޔަށް ދިނުން ބޮޑުވެފައިވާ ހިޔާ ފްލެޓުތަކާއި ހުޅުމާލޭގެ އެހެން ފްލެޓުތައް ކުއްޔަށް ދޭ މައްްސަލަ ހުއްޓުވުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ލަންކާ ބޭރަށް އީރާންގެ މަނަވަރެއް ފެތިއްޖެ، ޒަހަމްވެފައި ތިބި 32 މީހުން ސަލާމަތްކޮށްފި

އީރާންގެ މަނަވަރެއްގައި އެއްޗެއް ގޮވައި ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް އަޑިއަށް ގޮސްފައިވާ ކަމަށާއި އެ އުޅަނދުގައި ތިބި މީހުން މިއަދު ސަލާމަތްކޮށްފައިވާ ކަމަށް ސްރީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތަ ހީރަތު ވިދާޅުވެއްޖެ އެވެ.

އަބްރާރް ގުރޫޕުން އުމްރާ އަށް ނުގެންދިޔަ މީހުންގެ ތެރެއިން 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ދީފި

އަލް އަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ފުރުމަށް ރޭ ހަމަޖެހުނު މީހުންގެ ތެރެއިން ނުފުރުނު 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަ ހަމަޖައްސައިދީފައިވާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުއްދަތެއް ނެތި މުޅި އަހަރު ތެރޭގައި ސްޓޫޑެންޓް ލޯނަށް ހުށަހަޅަން ފުރުސަތު ދެނީ

ވަކި މުއްދަތެއް ކަނޑައަޅައި ސްޓޫޑެންޓް ލޯނަށް އެދެން ހުޅުވާލުމުން ބައެއް ދަރިވަރުންނަށް ފުރުސަތު ގެއްލޭ މައްސަލަ ހައްލުކުރަން މުޅި އަހަރު ތެރޭގައި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ދޭން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ބައެއް ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވަނީ ޔުނިވާސިޓީތަކުން އިންވޮއިސް ނުފޮނުވާތީ: މިނިސްޓަރު

ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ 75 ޕަސެންޓް ދަރިވަރުންނަށް ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ ކަމަށާއި ބައެއް ފަހަރަށް ލަސްތަކެއް އުޅެނީ ޔުނިވާސިޓީތަކުން މިނިސްޓްރީއަށް އިންވޮއިސް ނުފޮނުވުން ފަދަ މައްސަލަތަކުގައި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…