Live 129,734 stories Updated Jan 27, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ބޯޓުތަކަށް ނޯތު ހާބަރުން ޖާގަ ލިބުން ދަތިވާތީ ޓީ-ޖެޓީން ޖާގަ ހަމަޖައްސަނީ

ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރާތީ ނޯތު ހާބަރުން ބޯޓުތަކަށް ޖާގަ ލިބުމުން ދަތިވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށް ޓީ-ޖެޓީން ޖާގަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އެސްއެސްސީގައި ގުރުއާން މާއްދާ ހިމަނައި އަންނަ އަހަރު އިމްތިހާން ބާއްވަނީ

އޯ ލެވެލްގެ އެސްއެސްސީ އިމްތިހާނަށް ގުރުއާން މާއްދާ ކިޔަވައިދޭން ފަށައި އަންނަ އަހަރުން ފެށިގެން އެ އިމްތިހާން ބާއްވަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، "ބްލޫ ލެގޫން"ގެ ބިންގާ އަޅައިފި

އިންޑިއާގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި، ވަރިންދަރާ ކޮންސްޓްރަކްޝަންސް އިންޓަނޭޝަނަލް ލިމިޓެޑް (ވީސީއެލް) ގްރޫޕުން ރާއްޖޭގައި ހަދާ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް، ބްލޫ ލެގޫންގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލޭގައި މާދަމާ "ރޯދަ ބާޒާރު" ފަށަނީ

މިއަހަރުގެ ރޯދައަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މާދަމާ ހުޅުމާލޭގައި "ރޯދަ ބާޒާރު" ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދަރިފުޅުގެ ގްރޭޑް ރިޕީޓް ކުރުމުން ކޯޓަށް ދިޔަ މަންމަ އަށް ހައި ކޯޓުން ކާމިޔާބީ

މިދިޔަ 2024 ވަނަ އަހަރު ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާ އަށް އަމަލުކުރުމުގެ ގޮތުން ދަރިވަރަކު ޕްލޭ ސްކޫލުން ބޭބީ ނާސަރީ އަށް ޕްރޮމޯޓް ނުކޮށް، ޕްލޭ ސްކޫލް ރިޕީޓްކުރި މައްސަލައިގައި ކޮށްފައިވާ ދައުވާ އެ ކުއްޖާގެ މަންމަ އަށް ހައި ކޯޓުން ކާމިޔާބުވެއްޖެ …

ތޫނުފިލި ކުދިން ކިޔެވުންމަތިން ފޫހިނުވާނެ އުނގެނުމުގެ ނިޒާމެއް ގާއިމްކުރަން ޖެހޭ: ހައި ކޯޓު

އާދަޔާހިލާފަށް ތޫނުފިލި ކުދިން ކިޔެވުންމަތިން ފޫހިކޮށްނުލައި، ކުއްޖާގެ ތޫނުފިލިކަމާ އެކަށީގެންވާ ގޮންޖެހުންތައް ކުރިމަތިކުރުވަނިވި އުނގެނުމުގެ ނިޒާމެއްގެ ތެރެއިން ތައުލީމް ހާސިލްކުރަން މަގުފަހިކޮށްދޭން ޖެހޭ ކަމަށް ހައި ކޯޓުން ބުނެފި އެވެ.

ޝަހީދު އަލީ ސްކޫލް ދަރިވަރުންގެ އަދަދު 2،000 އިން މައްޗަށް، 77 ޕަސެންޓަކީ އަތޮޅުތަކުގެ ދަރިވަރުން

ދިރާސީ އާ އަހަރާ އެކު މިއަދު ހުޅުވި ޝަހީދު އަލީ ސްކޫލުން 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ އަތޮޅުތަކުން އައިސް ތިބި ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ 3 އިން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް، ގުޅިފަޅުން ލިބުނު މީހުންނަށް އަނެއްކާވެސް ފުރުސަތެއް

ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް އާ ރަޖިސްޓްރީއެއް ހަދައިދީ އަދި ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ވެސް އެގްރީމަންޓުގައި ސޮއި ކުރުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދީފި އެވެ.

Loading fresh headlines…