Live 9,969 stories Updated Jun 4, 2026
Showing: PSM
Browse topics PSM

PSM

Live feed

މުޖުތަބާ ޚާމަނަޢީގެ ދައުރު އަންނަނީ ފުޅާވަމުން: އެމެރިކާ

އީރާނުގެ ސަރުކާރު ހިންގުމުގައި އައު މުރުޝިދު އާޔަތުުالله ސައްޔިދު މުޖުތަބާ ޙުސައިނީ އަލް-ޚާމަނާޢީގެ ދައުރު ފުޅާވަމުން އަންނަކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ރޫބިޔޯ ވިދާޅުވީ، ޔަހޫދީންނ…

ޙިޒްބުﷲގެ ޙަމަލާތައް ނުހުއްޓުވޭތީ، ނަތަންޔާހޫއަށް ފިއްތުންތައް ބޮޑުވެއްޖެ

ޞަހްޔޫނީ އިސްތިޢުމާރީ ލަޝްކަރަށް އަމާޒުކޮށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އިން ދެމުންގެންދާ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ސަބަބުން، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފިއްތުންތައް ކުރިމަތިވެއްޖެއެވެ. ފާއިތުވި ހަފްތާތަކުގެ ތެރޭގައި، ޙިޒްބުﷲއިން ވަނީ ލުބްނާނާ ގުޅޭ …

އަޤްޞާގެ ތެރޭގައި ޔަހޫދީން ހިންގާ ޖަރީމާތައް ކުށްވެރިކޮށްފި

ޔަހޫދީ ދައުލަތުގެ ހިމާޔަތް ދަށުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ޚުރުމަތް ކަނޑާލުމަށް ހިންގަމުންދާ ޢަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ސިފައިންގެ ހިމާޔަތް ދީގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަ…

ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މަތިކޮށްފި

ހަނގުރާމައިގެ ދުވަސްވަރުވެސް ރާއްޖޭގެ އިގުތިސާދު ހަމަމަގުގައި ހިފެހެއްޓުމާއެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކްރެޑިޓް ރޭޓިން މިއަދު މަތިކޮށްފިއެވެ. ފިޗް ރޭޓިންގްސްއިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއް…

އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފަހަރުގެ މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އުމުރުން 18އަހަރާއި 35 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. މިފަހަރުގެ ޕްރޮގްރާމްގެ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ…

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޙުސެއިން ޝަހީދު

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސްއަކަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކޮށްފިއެވެ. ޖޭއެސްސީގެ ނައިބު ރައީސަކަށް އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.…

ވަޒީފާގެ މައުރަޒު 'ފަހި ފުރުސަތު' ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ވަޒީފާގެ މައުރަޒު "ފަހި ފުރުސަތު" ރަސްމީކޮށް ފަށައިފިއެވެ. މިއީ އެމްއެންޔޫއިން މި މައުރަޒު ބާއްވާ 5 ވަނަ އަހަރެވެ. އެމްއެންޔޫއިން ވިދާޅުވީ މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 3 އިން 5 ކަމަށާއި މި ހަރަކާތަކީ އެ ޔުނިވަރސިޓީން ދަސްވެނިވާ …

ޑިމޮކްރެޓްސްއާއި ލޭބަރ ޕާޓީ އުވާލަން ނިންމައިފި

ޕާޓީގެ ދަފްތަރުގައި ޤާނޫނުނުގައި ބަޔާންކުރާ އަދަދަށް މެންބަރުން ނެތުމުން ދަ ޑިމޮކްރެޓްސްއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެ…

އެއް ފޮޓޯ، 200އަށްވުރެ ގިނަ މެޗާއި ރަން އެތައް ހަނދާންތަކެއް

ފުޓުބޯޅައަކީ އެ ކުޅިވަރަކަށް ދިވެހިންގެ ހިތުގައި ޙާއްސަ މަގާމެއް ދީފައިވާ ހަރަކާތެކެވެ. ޤައުމީ އެއްބައިވަންތަކަމާއި ދޭދޭ ގުޅުން ވަރުގަދަކޮށް، ބަދަހިކުރުމުގެ ނިޝާނެކެވެ. ޤައުމީ ލޯތްބާއި، ވަޠަނީ ރޫހުގެ ލާމަސީލު މިސާލެކެވެ. މި ކުޅިވަރަކީ، ޙާއްސަ ގޮތެއްގައި ޤައުމީ ފުޓުބޯޅަ ޓީމާއިމެދު ދިވެހިން ދެކެނީ މ…

ތިނަދޫން މަސްވެރިންނަށް ތެޔޮލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މަސްވެރިންނަށް ޚާއްސަ އަގެއްގައި ދޫކުރާ ތެޔޮ ގދ. ތިނަދޫން މިހާރު ލިބޭނެކަަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މެދުއިރުމަތީގައި ހިނގަމުންދާ ނުތަނަވަސްކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، އޭ…

ވެރިކަން ދޫކޮށްލަން ޙަމާސުން ދެކޮޅުކަމަށް ބުނެ ސުލްޙައިގެ ބޯޑުން ފަތުރަނީ ދޮގު!

ފަލަސްޠީނުގެ ޣައްޒާގެ ވެރިކަމާއި އިދާރީ ހިންގުމުގެ ޒިންމާތަކުން ފެޔަށްޖެހެން ތައްޔާރަށް އޮތް ކަމަށާއި، މި ކަމާ ތަޢާރުޒުވާ ގޮތަށް ސުލްޙައިގެ ބޯޑުން ފަތުރަމުންދާ މަޢުލޫމާތަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމުގައި އެ ސަހަރުގައި ވެރިކަން ކުރާ މުޖާހިދުންގެ ޖަމާޢަތް، ޙަމާސުން ހާމަކޮށްފިއެވެ. އެ ޖަމާޢަތުން…

"ސްކޭމް ނެޓްވޯކްތައް ހުއްޓުވޭނީ އިދާރާތަކުގެ ނިޒާމު ހަރުދަނާކޮށްގެން"

މަކަރާއި ހީލަތުން މީހުންގެ ފައިސާ ފޭރިގަތުމަށް މަސައްކަތްކުރާ ނެޓްވޯކްތައް ހުއްޓުވޭނީ ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމާއި، ގުޅިގެން ތަޙުގީގުތައް ހިންގުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ވ…

Loading fresh headlines…