އެކުވެރިކަމުގެ ދެވަނަ މެޗު ވެސް ފަލަސްތީނަށް
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ދެވަނަ މެޗުވެސް ފަލަސްތީނު ޓީމުން ކާމިޔާބުކޮށްފިއެވެ. ފަލަސްތީނު ޓީމުން މިމެޗު ކާމިޔާބުކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފަލަސްތީނަށް ލީޑުނަގައިދިނީ ފޯވާޑް ޔަޒާންއެވެ. ފުރަތަމަ ހާފްފެ އެންމެ ފަހު މިނެޓުގައި ފަލަސްތީނު ޓީމުން ނެގި ކޯނަރެއްގައި ދިވެހި ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލާއެކު ފުރަތަމަ …