Live 13,985 stories Updated Nov 2, 2026
Showing: PSM
Browse topics PSM

PSM

Live feed

އެމްޓީޑީސީ އޮފީސް އިމާރާތް ހުޅުވައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތް ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާ ޝަރަފްވެރިކޮށްދެއްވީ އޮފީސް އިމާރަތް ހުޅުވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދެވެ. ހުޅުމާލެ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް 6،195.27 އަކަފޫޓުގެ ބިމެއްގައި ޖުމްލަ 3345 އަކަފޫޓުގެ ބޮޑުމިނުގައި ތަރައްޤީކުރެވިފައިވާ މި އިމާރާތުގައި، އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކ…

"އެމްޓީޑީސީގެ އަމާޒަކީ އާމްދަނީ ލިބޭނެ ވަސީލަތްތައް އިތުރުކުރުން"

އެމްޓީޑީސީއަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވެއްޖެއެވެ. ހާރިސް މިހެން ވިދާޅުވީ އެކުންފުނީގެ އައު އޮފީސް އިމާރަތް ހުޅުވުމަށްޓަކައި ބޭއްވި ހަފްލާގައި ވާހަަކަދައްކަވަމުންނެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ ކުންފުނީގެ 20 އަހަރުގެ ތާރީޚުގައި ހޯދިފައިވާ ކާމިޔާބީތައް މަދު ނަމަވެސް ކުންފުނީގެ މުސްތަޤުބަލު ފެންނ…

ސަރުކާރު ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ޓެކްސްއިން ކެނޑޭނެ އިންތިޒާމު ހަމަޖައްސައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މޯލްޑިވްސް އިންލަ…

ޗާލު ދިވެހިރާއްޖެ: މިމަހު 15އާ ހަމައަށް އާންމުންނަށް ވޯޓުލެވޭނެ

ޗާލު ދިވެހިރާއްޖެ އެވޯޑް 2026 ގެ އާންމުންގެ ވޯޓުލުން މިމަހުގެ 15 ވަނަ ދުވަހު ހަމަވާނެކަމަށް ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިން ވިދާޅުވެއްޖެއެވެ. އާންމުންގެ ވޯޓަށް ހުޅުވާލީ މިދިޔަ މަހުގެ 15ގައެވެ. 'ޗާލު ދިވެހިރާއްޖެ އެވޯޑް' އަކީ މުޖުތަމައު ތަރައްގީކުރުމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރ…

6.3 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނެގިކަމުގެ ތުހުމަތު އުތުރު ކޮރެއާއަށް

ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން އެމެރިކާ ޑޮލަރުގެ ވަރޗުއަލް އެސެޓްސް ވަގަށް ނެގިމައްސަލައިގައި އުތުރު ކޮރެއާގެ ބައިވެރިވުން އޮތްކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނެފިއެވެ. އެފްބީއައި އިން…

އޯއައިސީން ބޭއްވި ކޮރަޕްޝަނާއި ގުޅޭ މުހިއްމު ބައްދަލުވުމެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާއި ދެކޮޅަށް ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ތިންވަނަ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. އަޒަރުބައިޖާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކުރި މި ބައްދަލުވުން ކުރިއަށްދިޔައ…

ހަނގުރާމަ އަލުން ފެށިއްޖެނަމަ ކުރިއަށްވުރެ ބޮޑަށް ދިގުދެމިގެންދާނެ: އީރާން

އެމެރިކާއާއެކު އައު ހަނގުރާމައެއް ފެށިއްޖެނަމަ، އެ ހަނގުރާމަ ކުރިއަށްވުރެ މާ ބޮޑަށް ދިގުދެމިގެންދާނެ ކަމަށާއި، ހަނގުރާމަ ނިމޭނެ ގޮތާއި ވަގުތު ކަނޑައެޅުމުގެ ބާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައި ނުވާ ކަމަށް އީރާނުން އިންޒާރުދީފައެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަ…

ފީވަކު ނަރުދަމާ ނިޒާމު މަރާމާތުކުރުން ސްޓެލްކޯއަށް

ށ. ފީވަކުގައި މިހާރު ބޭނުންކުރާ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާ ހަވާލުކޮށްފިއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓ…

25,000 ރުފިޔާގެ އިނާމަކާއެކު "ސްވައިޕް، ސްޕެންޑް, ވިން" ޕްރޮމޯޝަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން 25,000 ރުފިޔާގެ އިނާމަކާއެކު "ސްވައިޕް، ސްޕެންޑް، ވިން"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނަކީ، ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް 'ސްވައިޕް' ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަ…

ކުދި ވިޔަފާރިތަކަށް ޕޯސްޓުގެ ވިއުގައިގެ ތެރެއިން ބާޒާރު ހޯދައިދޭން ދިރާސާއެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕޯސްޓުގެ ވިއުގައިގެ ތެރެއިން ބާޒާރު ހޯދައިދިނުމަށް ކުރިއަށްގެންދާ "ޕްރޮސްޕަރ އެމްއެސްއެމްއީ" އިނިޝިއޭޓިވް ރަސްމީކޮށް ފަށައިފިއެވެ. މި އިނިޝިއޭޓިވްގެ މަޤުސަދުތަކުގެ ތެރޭގައި ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ…

އެމެރިކާގެ އެހީއާއެކު އީރާނަށް އަލުން ހަމަލާދޭން ޔަހޫދީން ތައްޔާރުވެއްޖެ

އީރާނަށް އަމާޒުކޮށް އަލުން ވަރުގަދަ އަސްކަރީ ހަމަލާތައް ދިނުމަށްޓަކައި ވާންޖެހޭ ދިފާއީ އަދި ހަމަލާދިނުމުގެ އެންމެހައި ތައްޔާރީތައް ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ އަސްކަރިއްޔާއިން ފުރިހަމަކޮށްފިއެވެ. ޔަހޫދީންގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަލުން ފެށުމާ ގުޅޭ އަސްކަރީ ޕްލޭންތައ…

ޔަހޫދީންގެ ދަތިކުރުންތަކުގެ ސަބަބުން ޣައްޒާގައި ތުއްތު ދެ ކުދިން ޝަހީދުވެއްޖެ

ޔަހޫދީ ދައުލަތުން ޣައްޒާއަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަސާސީ ސާމާނާއި ކައްކާ ގޭސް ލިބުމަށް ދަތިވެފައިވަނިކޮށް، ޣައްޒާގެ ދެކުނުގައި އޮންނަ އަލް މުވާސީ ސަރަހައްދުގެ ރެފިއުޖީ ކޭމްޕެއްގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއެއްގައި ތުއްތު 2 ކުދިން ފިހިގެން ޝަހީދުވެއްޖެއެވ…

Loading fresh headlines…