Live 13,988 stories Updated Oct 26, 2026
Showing: PSM
Browse topics PSM

PSM

Live feed

އުފެއްދުންތެރިކަމުގެ މައުރަޒު: ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ޚާއްޞަ ހަރަކާތްތަކެއް

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރޭ ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށާފައެވެ. މި މައުރަޒު އަންނަ މަހުގެ 2ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު އެކި އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރު ކުރިއަށްގެ…

ދިވެހި ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ތައްޓަށް: ޠާރިޤް

ރާއްޖޭގެ ޤައުމީ ޓީމު އަބަދުވެސް މަސައްކަތް ކުރާނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށް ރާއްޖެއަށް ފުރަތަމަ ސާފް ތަށި ހޯދައިދިން ފޯވާޑް އަދި މިހާރު ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. އެފްއޭގެ ރައީސް ޠާރިޤް މިހެން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓ…

ބޭރު ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަން ހާމަކުރަނީ

ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ފައިސާ މާރުނުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓުގައި ޝާޢިއުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. ޤ…

މާކުރަތުގެ ބަނދަރާއި ކައުންސިލް އިދާރާގެ މަސައްކަތް ނިމުމަކާ ގާތަށް

ރ.މާކުރަތަކީ 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގެ ތަރައްޤީއަށް، އެކި ދާއިރާތަކުން ގިނަ މަޝްރޫޢުތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. މިވަގުތު އެންމެ ބާރަށް ކުރިއަށްގެންދާ އެއް މަސައްކަތަކީ ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮއްޓަށް 450 މ…

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ފ އަތޮޅަށް މިއަދު 17:00 ހަމައަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވަރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަބާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ކުރިއަށް އޮތް 2…

ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ހޯމް ސްކޫލިންގ ތަޢާރަފްކުރުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހ…

ބްރެޒިލްގެ ތާރީޚް ބަދަލުކޮށްލައި ލޫލާ ވެރިކަމުގެ ހަތަރުވަނަ ދައުރަކަށް

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި، ވާތުފިޔައިގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ދަ ސިލްވާ ވެރިކަމުގެ ހަތަރުވަނަ ދައުރެއް ކަށަވަރު ކުރައްވައިފިއެވެ. އޮކްޓޫބަރު 25 ގައި ބޭއްވި މި އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވިކަން ރަސްމީކޮށް އިޢުލާނުކޮށްފައި ވަނީ އެ ޤައުމުގެ ސުޕީރިއަރ އިލެކ…

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ތޫފާންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރި ނަމަވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނ…

މުރައިދޫގެ ސިއްހީ މަރުކަޒުގެ އައު އިމާރާތާއެކު ލެބޯޓަރީ ޓެސްޓް ހެދޭނެ ނިޒާމެއް

ރަށުގައި ތިބެގެން އެންމެ އާދައިގެ ޓެސްޓް ހެދޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ ރައްޔިތުން ކޮންމެހެންވެސް ބޭނުންވާނެ އިންތިޒާމެކެވެ. ނަމަވެސް މީގެ އެތަކެއް އަހަރުތަކެއް ކުރިން ތަރައްޤީކޮށްފައިވާ ސިއްޙީ މަރުކަޒުތަކުގައި އެ ނިޒާމް ޤާއިމުކުރާނެ ރަނގަޅު ޖާގައެއް ނެތެވެ. އެހެންކަމުން މިފަދަ މައްސަލަތަ…

ހޫޘީންގެ ހަމަލާތަކަށްފަހު ރިޔާޟުން އަލުން އުދުހުންތައް ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއާޕޯޓުގެ ދެ ޓާމިނަލެއްގައި ޚިދުމަތް ދިނުން، ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީންގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގެ ސަބަބުން މެދުކަނޑާލުމަށްފަހު، އިއްޔެ އަލުން ފަށައިފިއެވެ. އެ ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލީ، މިމަހުގެ…

ބުރުގެ ކެޕްޓަން ހަމްދާނާއެކު ޤައުމީ ޓީމު އިންޑޮނޭޝިއާއަށް

ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ހާއްސަ ޓްރެއިނިންގ ކޭމްޕަކަށް އިންޑޮނޭޝިއާއަށް މިއަދު މެންދުރު ފުރައިފިއެވެ. މި ދަތުރަށް ޓީމު ފުރާފައިވަނީ ފަހު ވަގުތު ދިމާވި އަނިޔާގެ މައްސަލަތަކަކާ ގުޅިގެން ސްކޮޑަށް ބަދަލުތަކެއް ގެނައުމަށްފަހުއެވެ. ފުރަތަމަ އެކުލަވާލި 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން، ފަހު ވަ…

ވޯލްޑް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ހީނާ އަޒަރުބައިޖާނަށް

އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ. އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި ބާއްވާ އިންޓަރކަލްޗަރަލް ޑައިލޮގްގެ 7 ވަނަ ވޯލްޑް ފޯރަމް ކުރިއަށްދާނީ މިމަހުގެ 27 އިން 29 އ…

Loading fresh headlines…