Live 10,142 stories Updated Feb 28, 2026
Showing: PSM
Browse topics PSM

PSM

Live feed

"ބޮޑު އިންތިޚާބަކާއެކު ފެންނަ ނުފެންނަ ވޯޓެއް ނެގުމުން ގިނަ ރައްޔިތުންގެ ޚިޔާލު ހޯދޭނެ"

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަދަ އާންމު އިންތިޚާބަކާއެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުން މެޖޯރިޓީ ރައްޔިތުންގެ ޚިޔާލު ހޯދިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި…

ވޮލްވްސް އަތުން އެސްޓަން ވިލާ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ވޮލްސް ކުޅުނު މެޗުން 2-0 ގެ ނަތީޖާ އަކުން އެސްޓަން ވިލާ ބަލިވެއްޖެ އެވެ. ވޮލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ތިރީސް ހާސް މީހުންގެ ކުރިމތީގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާ އިން މެޗު ޑޮމިނޭޓް ކޮށްގެން ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކ…

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީ އާއި ދެކޮޅަށް ޕީއެސްޖީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށް ޗެލްސީ ކުޅެން ޖެހިއްޖެ އެވެ. ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރުއަތުލުން ބާއްވާފައިވަނީ އިއްޔެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކް…

ޕާކިސްތާނުގެ ޙަމަލާއެއް އަފްޣާނިސްތާނަށް، މިސްރާބު ހުރީ ނުރައްކާތެރި ދިމާލަކަށް

ޕާކިސްތާންގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޖަމާޢަތް، ޠާލިބާނާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްއަށާއި، ކަންދަހަރާއި ބަކްތިޔާއަށް ވައިގެ ޙަމަލާތަކެއް ވަނީ ދީފައެވެ. ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާ ދީފައި ވަނީ ޠާލިބާުނުންގެ އަސްކަރީ މަޤާމުތަ…

"ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ"

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސައުދީ އަރ…

އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ފުރުޞަތު މާދަމާ ހަމަވާނެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމާއި މޮނިޓަރަކަށްވުމަށް އެދި ހުށައެޅުމަށް ދީފައިވާ މުއްދަތު މާދަމާ ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުނ…

ސަރުކާރުން އިސްކަންދެނީ ދަރަވަންދޫ އެއަރޕޯޓް އިތުރަށް ތަރައްގީކުރަން

ސަރުކާރުން މިވަގުތު އިސްކަންދެނީ ދަރަވަންދޫ އެއަރޕޯޓް އިތުރަށް ތަރައްގީކުރަންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ދޮގުކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރައްވާފައިވަނީ މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކިގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެ…

މައިލޯ ރަމަޟާން ކުރިކެޓު ކާނިވާ: ޓީއެފްޓީ އާއި ފިނޮޅު މޮޅުވެ ގުރޫޕްގެ ފޯރިގަދަވެއްޖެ

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ މިއަދު ކުޅުނު މެޗުތަކުގައި ޓީއެފްޓީ އާއި ފިނޮޅު މޮޅުވެ އެޓީމު ހިމެނޭ ގުރޫޕު ފޯރިގަދަކޮއްލައިފިއެވެ. މާފަންނަ ކުޅިވަރު އެކުވެނީ އެއްނަންބަރު ކުރިކެޓް ދަނޑުގައި …

''ކުޑަ އަވަށަކުން އައި ޓީމަކުން ބޮޑު ބާރެއް ބަލިކުރެވުން އެއީ ޝަރަފެއް''

ނޯވޭގެ ކުޑަކުޑަ އަވަށަކުން އައި ޓީމަކުން، ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއް ބަލިކޮށް ކުރިއަށް ދިއުމަކީ ލިބޭ ބޮޑު ޝަރަފެއްކަމަށް، ބޯޑޯ ގްލިމްޓުގެ ކޯޗު ޖެޓިލް ކްނުޓްސެން ބުނެފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ޕްލޭއޮފްގައި އިޓަލީ ލީގުގެ ލީޑަރުން، އިންޓަރ މިލާން ކަޓުވާލައި ގަދަ 16 ގެ ފުރުސަތު ހޯދީ …

އެފްއޭއެމް ވެޓެރެންސް ކަޕް: ފުލުހުން މުބާރާތް ފެށީ ބޮޑު މޮޅަކުން

އެފްއޭއެމް ވެޓެރެންސް ކަޕް 2026 ގައި ޕޮލިސް ކުލަބުން ބޮޑު މޮޅަކާ އެކު މުބާރާތް ފަށިފިއެވެ. މުބާރާތުގައި ގުރޫޕް ބީގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ފުލުހުން ކާމިޔާބު ކުރީ 7-0 ލަނޑުންނެވެ. މުޅި މެޗު ފުލުހުން ޑޮމިނޭޓް ކޮއްގެން ކުޅުނުއިރު ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ބުރަށް ފޮނުވ…

މާރިޗު މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެ: މެޓް އޮފީސް

ކުރިއަށް އޮތް މާރިޗު މަހު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. ރާއްޖޭގައި އިރުވައި މޫސުން ދެމިގެންދަނީ، ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އިރުވައި މޫސުމުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކޮންމެވެސް ވަރަކަށ…

ހަނގުރާމަ އިޢުލާނުކޮށް ޕާކިސްތާނުން އަފްޣާނިސްތާނަށް ޙަމަލާ ދޭން ފަށައިފި

ޕާކިސްތާންގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ އަމާޒުތަކަށް ވަރުގަދަ ޙަމަަލާތަކެއް ދީފިއެވެ. ޙަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފް ވަނީ، މިއީ "ފާޅުކަން ބޮޑު ހަނގުރާމައެއް"ގެ ގޮތުގައި ސިފަ …

Loading fresh headlines…