Live 10,287 stories Updated Dec 12, 2025
Showing: PSM
Browse topics PSM

PSM

Live feed

ސުޕަކަޕްގެ ނިޔަލަށް އަލޮންސޯ އަށް ވަގުތުދެނީ

ޖެނުއަރީ މަހު ކުޅޭ ސްޕެނިޝް ސުޕަކަޕްގެ ނިޔަލަށް ކޯޗު ޒަބީ އަލޮންސޯ އަށް ވަގުތު ދިނުމަށް ރެއާލް މެޑްރިޑުން ނިންމައިފިއެވެ. ރެއާލް މެޑްރިޑުން މި ގޮތަށް ނިންމީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ނަތީޖާތައް ވަރަށް ބޮޑަށް ގޯސްވުމުން ކޯޗުކަމުން އަލޮންސޯ ވަކިކުރާނެ ކަމަށް ބެލެވިފ…

ރެއާލްގެ މައްސަލައަކީ ކުޅުންތެރިން އަލޮންސޯގެ އަޑު ނޭހުން: އޮންރީ

ރެއާލް މެޑްރިޑުގެ ނަތީޖާތައް ދަށްވެ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކޯޗުގެ ބަސް ކުޅުންތެރިން ނޭހުން ކަމަށް ފްރާންސްގެ ކުރީގެ ކެޕްޓަން ތިއޭރީ އޮންރީ ބުނެފިއެވެ. ކުރިން ބާސެލޯނާ އާއި އާސެނަލް އަށް ކުޅުނު އޮންރީ އަކީ އަލޮންސޯގެ ދިފާއުގައި ވާހަކަ ދެއްކި ހަމައެކަނި މީހާއެއް ނޫނެވެ. އޭނާގެ…

ފުވައްމުލައް ސިޓީ: ދެކުނުގައި ރަށު ފަތުރުވެރިކަން ކުރިއެރުވުމުގައި ނަމޫނާއެއް!

ފުވައްމުލަކަކީ، ރާއްޖޭގެ އެހެން އަތޮޅުތަކާއި ޚިލާފަށް އެއްފަސްގަނޑަކަށް ހިކިފައި އޮންނަ ހަމައެކަނި އަތޮޅެވެ. ފުވައްމުލަކަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާވަމުންދާ ސިޓީއެކެވެ. ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން، އެންމެ ހަލުވިކަމާއެކު ރަށު ފަތުރުވެރިކަން ފުޅާވަމުން …

ބަސެލް ބަލިކޮށް އެސްޓަން ވިލާ ތިންވަ އަށް

ޔޫރޮޕާ ލީގުގައި ރޭ ސްވިޒަލޭންޑްގެ ބަސެލް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބުކޮށް ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ. އެސްޓަން ވިލާ މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގު ފޭސްގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލުގެ…

ޓީސީ ބަލިކޮށް އޮޑިން ފޯމު ދަމަހައްޓައިފި

ދިރާގު ދިވެހި ލީގުގައި ޓީސީ ސްޕޯޓްސް ބަލިކޮށް އޮޑި ސްޕޯޓްސް ކުލަބުން އެޓީމު މޮޅުވަމުން އައި ފޯމު ދަމަހައްޓައިފިއެވެ. ދެވަނަ ބުރުގައި އޮޑިން ކުޅުނު ފުރަތަމަ މެޗު އެޓީމުން ލާމިޔާބު ކުރީ 3-0 ލަނޑުންނެވެ. މި މޮޅާއެކު ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން އޮޑި އޮތީ ލީގުގެ ދެވަނައިގައެވެ. ދެޓީމުން ވެސް…

ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 787 އުޅަނދު ނަގައިފި

ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ދޫކޮށްލާފައި ހުރި 787 އުޅަނދު ނަގައިފިއެވެ. ހުޅުމާލޭގެ ހުސްބިންތަކުގައާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ …

ހިތަދޫގައި ރޯވިގޭގައި ދިރިއުޅޭ 7 މީހަކަށް އެހީތެރިކަން ފޯރުކޮށްދެނީ!

ސ. ހިތަދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދިރިނޫޅެވޭ ވަރަށް އެގެއަށް ގެއްލުން ލިބިފައިވާތީ، އެގޭގައި ދިރިއުޅެމުންދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ…

ޣައްޒާގައި 61 މިލިޔަން ޓަނުގެ ގައުކުނޑި، ފިނިމޫސުމުގައި ރައްޔިތުން ހިތްދަތި ޙާލުގައި

ޣައްޒާއަށް ފިނި މޫސުން އައިސް ބޯވާރޭ ވެހެމުންދާއިރު ގެދޮރު ގެއްލިފައިވާ އެ ސަހަރުގެ ރައްޔިތުން ދިރިއުޅެމުންދާ ޙާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޯވަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގަ…

އ.ދ.ގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ކޮންފަރެންސްގައި އޭސީސީން ބައިވެރިވަނީ

އ.ދ.ގެ ކޮރަޕްޝަނާ ދެކޮޅަށް އެކުލަވާލާފައިވާ ކޮންވެންޝަން (އުންކެކް) ގެ ދައުލަތްތަކުގެ ފަރާތްތަކުގެ ބައްދަލުވުން (ކޮސްޕް11) ގައި ބައިވެރިވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ނިންމައިފިއެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 19 އަށް ޤަތަރުގެ ދޯހާގައެވެ. މިއީ …

ކަންނެލި މަސް ބަންދުކުރާ ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތް އަންނަމަހު ފަށާނެ، 6 މަސްތެރޭ ނިމޭނެ: ވަޒީރު ޝިޔާމް

ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރާ ފެސިލިޓީ އެޅުމަށް ހުއްދަ ލިބިފައިވާކަމަށާއި މި ފެށޭ ޖަނަވަރީ މަހުގެ ތެރޭގައި މަސައްކަތް ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ…

މަސްވެރިންގެ އިޙްތިޖާޖް: 3 މީހަކާއި 3 ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގެ 3 މީހަކާއި 3 ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހު…

ސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން!

ސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ސްޕެއިނަކީ މިހާރު ރާއްޖެއަށް 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާތަނަށް 2،080،134 ފަތުރުވެރިން ވަނީ ޒި…

Loading fresh headlines…