Live 4,787 stories Updated Jun 5, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވާލަނީ

ކުރިއަށް އޮތް ހިޖުރީ އައު އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފިޠުރު ޢީދާއި އަޟްޙާ ޢީދު ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) އާއްމު މެމްބަރުން ކުރިއަށް ދާން ބޭނުން ވަނީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކުގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)، އެ މަޤާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އަށް ތާއީދުކުރަން ނިންމަވައިފި އެވެ.

ކިނބިދޫ ކައުންސިލް އެސްޖީ ނޮވެމްބަރާ ހަމައަށް މަގާމުގައި ބަހައްޓަން ނިންމައިފި

ތ. ކިނބިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް (އެސްޖީ) އައިމިނަތު ސަހިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އެ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން، ސަހިއްޔާގެ މަސްއޫލިއްޔަތުތަކަށް ބަދަލުތަކެއް ގެނައުމަށްފަހު އޭނާގެ ކޮންޓްރެކްޓް ހަމަވަންދެން ވަޒީފާގައި ބެހެއްޓުމަށް ސިވިލް ސާވިސް ކޮމ…

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

ފެނަކަ ކޯޕްރޭޝަން ލިމިޓެޑް (ފެނަކަ) ގައި ޕޭރޯލްގައި ގާތްގަނޑަކަށް 8000 މުވައްޒަފުން އެބަތިބި ކަމަށާއި، ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާތީ އެއީ ނެގޭނެ ބުރައެއް ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެ އެވެ.

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

ހައްޖުގެ އަޅުކަމަށްފަހު، ރާއްޖެއަށް އަންނަ ހައްޖާޖީންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހޮސްޕިޓަލްތަކުގެ ޖެނެރަލް އޯޕީޑީ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ވޭވަށުގެ ގޮނޑީގެ މައްސަލަ: އީސީގެ ވަކީލުވެސް ވިދާޅުވީ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަމަށް!

މ. ވޭވަށު ކައުންސިލްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކީ މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކުރާނަމަ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދު ސުވާލު އުފެއްދޭނެ، ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެ: ސުއޫދު

ޗާޕުދެލި ހުރި ކޮންމެ ވޯޓުކަރުދާހެއް ބާތިލުކޮށްފިނަމަ ނިމިދިޔަ އިންތިޚާބުގެ އެފަދަ ހުރިހާ ވޯޓެއްގެ ސައްޙަކަމާމެދުވެސް ސުވާލު އުފެއްދޭނެ އަދި ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް އަސަރު ކުރާނެކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީ ކޮށްފައިވާ ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަތަކުގައި އެކަކު ޖޫރިމަނާ ކޮށް ތިން މީހަކަށް އިންޒާރު ދީފައިވާ ކަަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް

މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕުރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

ބަޙްރެއިން އަދި ކުވޭތުގެ ސަރަޙައްދުތަކަށް މިސައިލާއި ޑްރޯންއިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗަރތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ހޯމް މިނިސްޓަރު އިހުސާން ދެކެ ރައީސް މުއިއްޒު ބިރުފުޅުގަންނަ މަންޒަރު ދަނީ ފެންނަމުން: ގާނޫނީ ވަކީލު މުސްތަފާ

ހޯމް މިނިސްޓަރު އަލީ އިހުސާން ދެކެ، ރައީސް ޑރ.މުހައްމަދު މުއިއްޒު ބިރުފުޅުގަންނަ ކަމަށާއި، އެ މަންޒަރު ފެންނަމުންދާ ކަމަށް ގާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…