Live 6,031 stories Updated Aug 2, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އަޔާޑާއަކީ 112 މިލިއަން ޑޮލަރުގެ އަގު ހުރި ތަނެއް، ސަރުކާރުން ބޭނުން ވިޔަސް 1.5 މިލިއަން ޑޮލަރަށް ވިއްކާ ނުލެވޭނެ: ތަޒްމީލް

އަޔާޑާއަކީ 112 މިލިއަން ޑޮލަރުގެ އަގު ހުރި ތަނެއް ކަމަށާއި، ސަރުކާރުން ބޭނުން ވިޔަސް 1.5 މިލިއަން ޑޮލަރަށް ވިއްކަން ކުންފުނީގެ އާންމު ބޯޑު މެންބަރުން އެއްބަސްނުވާނެ ކަމަށް އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ކޮޅުވެއްޓިން ގެއްލުނު 2 މީހުން ހޯދުމަށް 2،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފި

މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.

ވައިގަދަވެގެންނާއި އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަނެއްކަމަށް ބުނެ އާސަންދަ ނުދިން، ޕްރެޝަރުމަތިކަމަށް ބުނެ ރާއްޖޭގައި އޮޕަރޭޝަން ކުރެވޭކަށް ނެތް!

ހދ. ކުޅުދުއްފުށިން ރާއްޖެޓީވީއާ ވާހަކަދެއްކި އުމުރުން ދުވަސްވީ މީހަކު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމާއި އާސަންދަ ހަމަޖެހުމުގައި ހުރި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން އޭނާ އުފުލަންޖެހިފައިވާ ހިތްދަތި ތަޖުރިބާތައް ހިއްސާކޮށްފަ އެވެ. ބަދަތައް ހަލާކުވެ ހިނގާބިނގާވެ އުޅުމަށް ނުކުޅެދިފައިވާ މި މީހާ ބުނި ގޮތުގ…

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް!

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ހިންގުމުގެ ޚަރަދު އިންތިހާ އަށް ބޮޑުވެފައިވަނިކޮށް، ކުޑަ މަޖިލިހަކާ ބޮޑު މަޖިލިހެއް ހަދަނީ

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފެންނަމުން ދަނިކޮށް، ކުޑަ މަޖިލިހަކާއި ބޮޑު މަޖިލިހެއް ހައްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލު ދެއްވައިފި އެވެ.

ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިންގުމުގެ އޮނިގަނޑު އިސްލާހުކޮށް، ޚާއްސަކޮށް ޕީއެސްއެމްގެ ބޯޑަށް މެންބަރުން އައްޔަންކުރާ އުސޫލަށް ބަދަލު ގެނައުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ގޮވާލައިފި އެވެ. ޓީއެމް އިން ބުނީ މި އިސްލާހުގެ މަގުސަދަކީ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތައް އެތ…

Loading fresh headlines…