Live 6,031 stories Updated Jul 28, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!

ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދެ އަހަރާއި އަށެއްކަ މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމައި ޑެލިވަރކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، އެ މަޝްރޫއުތަކުގެ ފުރިހަމަ އަދި ވަކިވަކި ތަފްސީލުތައް ހޯދުމަށް ރާއްޖެޓީވީ އިން ރައިޓް ޓު އިނ…

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފި އެވެ.

ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ކަންކަން އެބަ ހިނގާ، އޭގެ އަސަރު ދާޚިލީ ސަލާމަތަށްވެސް ފޯރާ: ޗީފް އޮފް ޑިފެންސް ފޯސް

ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، އެ ނުރައްކާތަކުގެ އަސަރު ގައުމުގެ ދާޚިލީ ސަލާމަތަށް ވެސް ފޯރަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެ އެވެ.

މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރު ޖަނާބަށްވީ "ބޭޤަރާރަކަށް"، ވިދާޅުވީ އެ ޤަރާރުގެ ސަބަބުން ވަގުތު ބޭކާރުވާކަމަށް

މި ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ނުޙައްޤުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަލާމަތް ކުރައްވައިފި އެވެ.

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގާ ގޮތަށް އެންމެ ގިނަ ބޭކާރު ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވ…

ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި

ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓު ލިބި، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށް ފްލެޓު އަތުލި މައްސަލައެއްގައި ސިވިލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

މިސަރުކާރުގައި ފެނަކައިގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި އޮއްވައި، މިދިޔަ ސަރުކާރުގެ މައްސަލަތައް ބަލައިދޭން އެދުމަށް މަޖިލީހުން ފާސްކޮށްފި

އައްޑޫ ސިޓީ ގައި ފެނަކާ ކޯޕަރޭޝަން ލިމިޓެޑް އިން ހިންގި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާ ނިންމުން މަޖިލީހުން ފާސްކޮށްފި …

އިގްތިސާދީ މާހިރުންގެ ބަހަށް ގޮންޖައްސަވައި ފަލާހު: ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް

ޕެންޝަން ފަންޑުގައި ނުވަތަ ބޭންކުތަކުގެ ސޭވިންގސް އެކައުންޓުތަކުގައި ހުންނަ ފައިސާ ބޭނުންކުރުމަކީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގއ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި

މި ސަރުކާރުގެ ކުންފުނިތަކުން އެތައް މުވައްޒަފުންނެއް ވަކިކުރަމުން އަންނައިރު، ސަރުކާރުން ނުޙައްޤުން އެއްވެސް މުވައްޒަފަކު ވަކި ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެ އެވެ.

މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު

ސަރުކާރުން މޮޅެތި ނަން ނަން ކިޔާފައި މުވައްޒަފުން ވަކި ކުރަނީ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި، ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

އެއް ޓިކެޓެއްގައި ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ލިބޭ އެއްބަސްވުމެއްގައި ސްރީލަންކަން އާއި މޯލްޑިވިއަން އިން ސޮއިކޮށްފި

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ސަރަހައްދީ ގޮތުން ފުޅާކުރުމުގެ ގޮތުން، ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު އިންޓަލައިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގެ ދަށުން އެއް ޓިކެޓެއް ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ …

Loading fresh headlines…