Live 6,028 stories Updated Oct 26, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭގޮތް ހަދާއިރު، ރައްޔިތުން "މައިތިރިކުރަން" ޕްރޮޕެގެންޑާ ޖައްސަންވެސް ފާސްކުރި ކަރުދާހުގައި އޮތް!

ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ހެދުމަށްޓަކައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތޮލިބް ހުށަހެޅުއްވި ކަރުދާހެއް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެ ބަދަލުތައް ގެންނައިރު ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަމަށް ރ…

ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން

ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވާ ކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކުންފުނިތަކުގައި ގަވަރނަންސް ހަރުދަނާ ނުވުމަކީ ވައްކަމާއި ކޮރަޕްޝަނަށް ހުޅުވާލެވޭ ދޮރެއް: އިބްރާހީމް ޒާހިރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގަވަރނަންސް ހަރުދަނާ ނުވުން ކަމަށާއި، އެކަމުގެ ސަބަބުން ކުންފުނިތައް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމްޕީއެލް ހިޔާނާތުގެ މައްސަލައިގެ ރިޕޯޓު ތައްޔާރުކުރެއްވުމުގައި ޗެއަރ ކުރެއްވި އިބްރާހީމް ޒާހިރު ވިދާޅުވެއްޖެ އެވެ.

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

ދިވެހިރާއްޖޭގެ ބިމާއި ޕްރޮޕަޓީ ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް ހަދައިދިނުމަށްޓަކައި، އެޓަރނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ސޮއި ކުރައްވާ، ނޫސްބަޔާނެއް ނެރެފި އެވެ.

ފުނަދޫ ޕެޓްރޯލް ޝެޑުގެ އަލިފާނުގެ ހާދިސާ: އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް!

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި

މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ރައީސް މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާއިރު، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ: ޝެއިޚް އިމްރާން

ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާ ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 1 އިން ފެށިގެން ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހޭނެ: ރައީސް

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ނޮވެމްބަރު 1 އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސް ގޭޓްވޭ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކުރާ ވިޔަފާރިއެއް ކަމުގައި ވީ ނަމަވެސް، އެމެރިކާ ޑޮލަރުން ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…