މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ތިނަދޫގެ ރަޖިސްޓްރީގައި ނުތިބޭ ކަމަށް ބެލެވޭ ފަރާތްތަކުގެ ލިސްޓުގައި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިއްސާކުރި މައްސަލަ ތަހުގީގު ކުރުމަށް ތިނަދޫ ސިޓީ ކައުންސިލް އިން ފުލުހުގައި އެދިއްޖެ އެވެ.