ސިންގަޕޫރުގެ ބިލިއަނަރު ޕީޓާ ލިމްގެ އަންހެން ދަރީގެ އަތުން ވައްކަންކޮށް، ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މުވައްޒަފަކު ޖަލަށް
03 Nov 2026, 13:54 ސިންގަޕޫރުގެ މަޝްހޫރު މަހުޖަނު ޕީޓާ ލިމްގެ ދަރިކަނބަލުން ކިމް ލިމްގެ ތިޖޫރީން އަގުބޮޑު ގަޑިއަކާއި ފައިސާ ވަގަށް ނަގައި، ކުންފުނީގެ ކްރެޑިޓް ކާޑު އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމުގެ އިތުރުން މަސްތުގެ ހާލަތުގައި ކުންފުނީގެ ކާރު ދުއްވި އޭނާގެ ކުރީގެ މުވައްޒަފަކު 22 މަސްދުވަހަށް ޖަލަށްލުމަށް ސިންގަޕޫރުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފިއެވެ. މެލޭ މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ އުމުރުން 33 އަހަރުގެ ޓޭ ޖިންގް ވެން ނަމަކަށް ކިޔާ އަންހެނެއްގ…