ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޓެކްސް ނެގުން އުވާލަން ހުށަހެޅި ހުށަހެޅުން ބަލައިގެންފި
މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނައި ބަދަލު އުވާލަން ސަރުކާރުން ހުށަހެޅި ހުށަހެޅުން ބަލައިގަނެ އަލުން ކޮމިޓީއަށް ފޮނުވައިފިއެވެ.